ކޮންމެވެސް ރަށެއްގައި ބައެލޮޖީގެ ރޮގުން ކިޔަވާ ނިންމި ޒުވާނަކަށް ވަޒީފާއެއްލިބުން ދަތިވެއްޖެއެވެ.އޭނާ ހޯދާ ހޯދާވެސް އެއްވެސް ތާކުން ވަޒީފާއެއް ލިބޭ ގޮތެއްނުވިއެވެ.
މިހެން ހުއްޓާ ޒުލަކުން ވަޒީފާ ލިބެން އެބަހުރިކަމަށް ކޮށްފައިވާ އިސްތިހާރެއް އެއްދުވަހަކު އޭނާއަށް ފެނިއްޖެއެވެ.
މިއިސްތިހާރު ފެނި ވަރަށް އުފަލުން އޭނާ ސިޓީ ލައިފިއެވެ.އަދި ދާދި އަވަހަށް އިންޓަރވިއުއަށް ކިޔައިފިއެވެ. އިންޓަރވިއުގައި ޒުލުގެ މެނޭޖަރު އޭނާކައިރީބުނީ ޒުލަށް ވަންނަ ޓުއަރިސްޓުން އެންމެ ލޯބިވާ އެއްޖަނަވާރު ކަމަށްވާ ގޮރިއްލާ ދާދިފަހުން މަރުވެފައިވާ ކަމަށާ އެހެން ކަމުން މިހޯދަނީ ގޮރިއްލާގެ ހެދުން އަޅައިގެން ގޮރިއްލާ އަށް ވެގެން ކޮށީގައި އުޅެވޭނެ މީހެއް ކަމުގައެވެ.
މިހެން ބުނުމުން ޒުވާނާ ވަރަށްލަދުވެސް ގަނެފިއެވެ.އެހެން ނަމަވެސް ރަނގަޅު މުސާރައެއް ލިބޭގޮތަށް އޮތުމުން ވަޒިފާއަށް އައުމަށް އެއްބަސް ވެއްޖެއެވެ.
ގޮރިއްލާގެ ހެދުން އަޅައިގެން ފުރަތަމަ މަސައްކަތު ނިކުތް ދުވަހު އޭގެ ކޮށްޓަށް ވަދެ ފުންމާ، މޭގަތަލާ ހަދާ އުޅެފިއެވެ.އަދި މިކަންވި ގިނަބަޔަކަށް ވަރަށް ކަމުދިޔަ ”ޝޯ“ އަކަށެވެ.
ދެވަނަ ދުވަހުވެސް ގޮރިއްލާގެ ހެދުން އަޅައިގެން ޒޫ ތެރޭ ހިނގަމުންގޮސް އޮޅިގެން އޭނާޔަށް ވަދެވުނީ އެހެން ކޮއްޓަކަށެވެ. ކުއްލިއަކަށް ބަލާލިއިރު އޭނާޔަށް މިހުރެވުނީ ލަޔަން ގެ ކޮށީގައެވެ. ލަޔަން ގަދަ އަޑަކުން ހަޅޭއްލަވައިގަތުމަށްފަހު އޭނާޔާ ދިމާލަށް އަންނަން ފަށައިފިއެވެ. އެވަގުތު މަމީ ގޮރިއްލާ އެއްކަން ހަނދާންނެތި އެއްކަލަ ޒުވާނާ އޭނާގެ އަޑުން ސަލާމަތަށް އެދި ހަޅޭއްލަވަން ފަށައިފިއެވެ. ހަޅޭއްލަވަލަވާ އޮއްވާ ލަޔަން އައިސް ގޮރިއްލާޔަށް ހަމަލާދީ ވައްޓާލުމަށް ފަހު މޭމައްޗަށް އަރާ މަޑުމަޑުން ކަންފަތް ކައިރީ ބުނެލިއެވެ. ”ޑެނިސްއެވެ.މަމީ ކަލެޔާއެކީ އެއް ކްލާހެއްގައި ކިޔެވި މައިކް އެވެ.ރަހުމަތްތެރިޔާއެވެ. މިގައުމުގައި މިހާރު ވަޒީފާ ލިބުން މާބޮޑަށް ވަނީ ދަތިވެފައެވެ.ކޯރުގަ އެއޮތް ކިބުލަކީވެސް އަސްލު ކިނބުލެއް ނޫނެވެ.އެއީ އަހަރުމެންނާއެކީ ކިޔެވި ޖޯން އެވެ.