ނޭޕާލްގައި ފެން ބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެންގޮސް ހިނގި ހާދިސާތަކުގައި ސަތޭކައަށްވުރެގިނަ މިހުން މަރުވެއްޖެއެވެ. ދެދުވަސް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް ކަތުމަންޑޫ ގެ ވަށައިގެންވާ ވާދީގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ގިނަބަޔަކު ފުރާޅުތަކުގެ މަތީގައާއި އެކި ތަންތަނުގައި ބަންދުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.


ފެނުގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ ކޯރުތަކާ ކައިރީގައިވާ ހިސާބުތަކަށެވެ.އެހިސާބުގެ މަގުތަކާ ހައިވޭ ތަކުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ ބަންދުވެފައެވެ. އެހެންކަމުން އެހީގެ މަސައްކަތަށް ވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.
ސަރުކާރުގެ ތަރުޖަމާނަކު ހާމަކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހާ ހަމަޔަށް ތިންހާހަށް ވުރެ ގިނަމިހުން ވަނީ ސަލާމަތް ކޮށްފައެވެ.
މަރުވި މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާ ހަތަރުއަހަރުގެ ކުޑައަންހެން ކުއްޖަކު ހިމެނެއެވެ.މިދެމައިން މަރުވެފައިވަނީ އެމީހުންގެ ގެ ވެއްޓުނު ހަދިސާގައެވެ.
ދާޑިންގ ކިޔާ އަވަށުގައި ފެނުގެ އަޑީގައި އޮތް ބަހަކުން ދެމީހުންގެ ހަށިގަނޑު ވަނީ ނެރެފައެވެ. ބަހުގެ ޑްރައިވަރާއެކު 12 މީހުން ބަހުން ދަތުރު ކުރި ކަމަށްޚަބަރު ލިބެއެވެ. ނަމަވެސް އެހެން މީހުން ވަނީ ސަލާމަތް ވެފައެވެ.
މަކްވާންޕޫރު ހިނގި ކިސަޑު ދެމުމުގެ ހާދިސާއެއްގައި އޯލް ނޭޕާލް ފުޓްބޯލް އެސޯސިއޭޝަނުން ތަމްރީނު ވަމުންއައި ފުޓްބޯޅަކުޅޭ ހަކުދިންވެސް މަރުވެފައި ވެއެވެ.
މީގެ އިތުރުން ދެކުނު ކަތުމަންޑޫ ވެލީގައި އޮއިދެމުނު ފެންގަނޑުގައި ހަތަރު މީހަކުވަނީ އޮޔާ ދަމައިގެންގޮސްފައެވެ.
ފެންބޮޑުވެފައިވާ ގިނަ ސަރަހައްދު ތަކުން ކަރަންޓްވެސް ކެނޑިފައިވާއިރު ބައެއް ހިސާބުތަކުން ފެންހޮޅިތައްވެސް ފެޅި ފޯނުލައިން ތަކަށްވެސް ގެއްލުން ވެފައިވާ ކަމަށް ޚަބަރު ލިބެއެވެ.
ސްޓޭޓް މީޑިޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި 10ހާހެއްހާ ފުލުހުންނާ ވޮލަންޓިއަރުން ވަނީ މީހުން ހޯދާ ސަލާމަތް ކުރުމުގެ މަސައްކަތަށް ނެރެފައެވެ.
ނޭޕާލް ސަރުކާރުންވަނީ މިވަގުތު ބޭނުންނެތް ދަތުރުތައް ނުކުރުމަށް އަންގާފައެވެ.އަދި ރޭގަނޑު އެއްގޮތަކަށްވެސް ބޭރަށް ނުނިކުތުމަށް ވަނީ އަންގާފައެވެ.
ވިއްސާރައިގެ ސަބަބުން ހުކުރު އަދި ހޮނިހިރު ދެދުވަހު ވަނީ ވައިގެ ދަތުރު ފަތުރަށްވެސް ބުރޫ އަރާފައެވެ.
މޫސުމީ ވިއްސާރައިގައި ނޭޕާލްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް