އިޒްރޭލްގެ ވަރުގަދަ ހަމަލާއެއްގައި އަވަހާރަ ކޮށްލާފައިވާ ހިޒްބުއްﷲ ގެ ލީޑަރުހަސަން ނަސްރުﷲ ގެ ބަދަލުގައި އޭނާގެ ދެބެންގެ ދެދަރި ބޭފުޅެއް ކަމަށްވާ ހާޝިމް ސައިފުއްދީން އެޖަމާއަތުގެ ލީޑަރަކަށް އައްޔަން ކުރެވިއްޖެ ކަމަށް ޚަބަރު ލިބެއެވެ.މިހަބަރު ހިޒްބުﷲއާއި ގާތް ބައެއް އިސްފަރާތްތަކުން ވަނީ ޓްވީޓް ކޮށްފައެވެ.
ލުބްނާންގެ މުޖާހިދުންގެ ޖަމާއަތް ހިޒްބުﷲގެ ވެރިޔާ ހަސަން ނަޞްރުﷲ ޝަހީދު ކޮށްލާފައިވަނި ހުކުރު ދުވަހު ޔަހޫދީ ފައުޖުން ބެއިރޫތަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއެއްގައެވެ.
ޔަހޫދީ ފައުޖުން ބުނެފައިވަނީ ހަސަން ނަސްރުﷲ ޝަހީދުކޮށްލަން ދީފައިވާ ހަމަލާތައް އަމާޒު ކޮށްފައިވަނީ ބޭރޫތުގެ ޟާހިޔާ ޑިސްޓްރިކްޓުގައި ހުންނަ އެޖަމާއަތުގެ މައި މަރުކަޒަށް ކަމުގައެވެ.އެމަރުކަޒު ހުންނަނީ އާއްމުން ދިރިއުޅޭ މައި ސަރަހައްދެއްގައެވެ.މިދިޔަ ހަފްތާގަވެސް ޔަހުދީ ފައުޖުންވަނީ ޟާހިޔާ އަށް ހަތަރު ފަހަރެއްގެ މަތިން ރަހުމުކުޑަ ހަމަލާތަކެއް ދީފައެވެ.މިހަމަލާތަކުގައި ހިޒްބުﷲގެ ތިން ކޮމާންޑަރުންނާއިއެކު ގިނަ އަދަދެއްގެ އާންމުން ޝަހީދުވެފައި ވެއެވެ.
ހުކުރު ދުވަހުގެ ހަމަލާތަކުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީގާޑް ކޯ ގެ ޑެޕިއުޓީ ކޮމާންޑަރ ބްރިގޭޑިއާ ޖެނެރަލް އައްބާސް ނިލްފޮރޫޝަން ވެސް އަވަހާރަވެފައިވާކަން އައިއާރުޖީސީން ވަނީ ޔަގީން ކޮށްދީފައެވެ.މިއާއެކު އީރާނުން ވަނީ ސީދާ ހަމަލާތަކަށް ތައްޔާރުވެފައިކަމަށް ޚަބަރުތައް ބުނެއެވެ.
ހޮނިހިރުދުވަހުވެސް އިޒްރޭލުން ހިޒްބުﷲގެ އެތައް ”ޑަޒަން“ ޓާގެޓަށް ހަމަލާދީފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.އަދި މިހަމަލާތަކުގައި 15 މީހުން ވަނީ މަރުވެފައެވެ.
ހާޝިމް ސައިފުދީން އަކީ ކޮން ބޭފުޅެއް
ހާޝިމް ސައިފުދީން އަކީ ހަސަން ނަސްރުﷲގެ މަންމާފުޅުގެ ފަރާތުން ދެބެންގެ ދެދަރި ބޭފުޅެކެވެ.ހިޒްބުﷲގެ އެގްޒެކެޓިވް ކައުންސިލްގެ ވެރިޔާގެ މަގާމްވެސް އަދާކުރައްވަމުން ގެންދަވާ ހާޝިމް ސައިފުދީން ބަލަހައްޓަވަނީ އެޖަމާއަތުގެ ޕޮލިޓިކަލް އެފެއާސް އެވެ.މީގެ އިތުރުން މިލިޓަރީ އޮޕަރޭޝަންތައް ބަލަހައްޓާ ޖިހާދް ކައުންސިލްގައިވެސް ހާޝިމް ސައިފުދީން ހިމެނި ވަޑައިގަންނަވައެވެ.
ހަސަން ނަސަރުﷲ އެކޭ އެއްފަދައިން ހާޝިމް ސައިފުދީން ވެސް ފާހަގަވެގެން ދަނީއަބަދުވެސް ތުރުކުރައްވާ ކަޅު ފަގުޑި ކޮޅުންނެވެ. މިފަދަ ކަޅު ފަގުޑިކޮޅަކީ ކީރިރިތިރަސޫލާ (صلّى الله عليه وسلّم) ގެ އާއިލާ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން އެކަނި ތުރުކުރައްވާ ފަގުޑިކޮޅެއް ކަމަށް ވެއެވެ.
ހަސަން ނަސްރުﷲ ހިޒްބުލާގެ އިސްލީޑަރެއްގެ ގޮތުގައި ހޭދަ ކުރެވި 32 އަހަރު
ހާޝިމް ސައިފުދީން ވަނީ ވަރަށް އަރިހުގައި މަސައްކަތްޕުޅު ކުރައްވާފައެވެ.