ސާއިފް ގެއްލިގެން ހޯދަން އިއުލާނުކޮށްފި

Loading

Facebook
Twitter
WhatsApp

ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ސާއިފް ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ހއ. ހޯރަފުށި / ހީރާ، މުޙައްމަދު ސާއިފް (30އ) މިހާރު ދިރިއުޅޭ އެޑްރެސް: ހުޅުމާލެ ފުލެޓް 205-2-35 ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންކުރަމުން އަންނަ ކަމަށެވެ.

މުޙައްމަދު ސާއިފް އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެންބަރު 24 ވަނަ ދުވަހުގެ ރޭ 21:00 ހާއިރު، ހުޅުމާލެ ފޭސް 3 އިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި އޭރު އޭނާ ލައިގެންހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ސާއިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަންގެ 9393351 އަށް ގުޅުމަށް ފުލުހުން އެދިފައިވެއެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް