ބައިގަރުނު ކުރި

Loading

Facebook
Twitter
WhatsApp

ބައިގަރުނު ކުރީގައި

ދަރީން މައިންބަފައިންނަށް އިޙުތިރާމުކުރެއެވެ.

މިއަދު މައިންބަފައިންނަށް ޖެހިފައިވަނީ ހަމައެކަނި ދަރީންނަށް އިޙުތިރާމު ކުރާށެވެ.

ބައިގަރުނު ކުރީގައި

ކައިވެނިކުރުމަކީ ފަސޭހަ ކަމެކެވެ. ކައިވެނި ރޫޅައިލުމަކީ އުނދަގޫ ކަމެކެވެ.

މިއަދު ކައިވެނިކުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ވަރިވުމަކީ ދާދި ފަސޭހަ ކަމެކެވެ.

ބައިގަރުނު ކުރީގައި

އިންސާނުން ވަރަށް ގިނައިން ކައިބޮއެ އުޅެއެވެ. މަސައްކަތްކުރާނެ ހަކަތަ ހޯދުމަށެވެ.

މިއަދު ބައެއް ބާވަތުގެ ކާނާ ކެއުމަށް އިންސާނުން ޖެހިލުންވެއެވެ. ފަލަވުމާއި ހަކުރުބަލިފަދަ ބަލިތަކަށް ވާރުތަކުރާތީއެވެ.

ބައިގަރުނު ކުރީގައި

އެކަކު ކުރާ މަސައްކަތުން މުޅި އާއިލާގެ ޚަރަދުބަރަދު ބެލެހެއްޓެއެވެ.

މިއަދު އެކަކުގެ ޚަރަދު ބެލެހެއްޓެނީ އެންމެން ކުރާ މަސައްކަތުންނެވެ.

ބައިގަރުނު ކުރީގައި

އިންސާނުން އަވަދިނެތި އުޅުނީ އުނގެނުމާއި ދިރާސާތައް ކުރުމުގައެވެ.

މިއަދު މީހުން ހޭބޯނާރައި އުޅެނީ މީސްމީޑިއާގައި ހާލަތު އަދާހަމަކުރުމުގައެވެ.

(ފޭސްބުކުގައި ދައުރުވާ ލިޔުމެއްގެ ތަރުޖަމާ)

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް