ސްރީލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

Loading

September 24, 2024
sandhaanu news
Facebook
Twitter
WhatsApp

ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަކަށް ޢައްޔަންކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޑރ. ހަރިނީ އަކީ ލަންކާގެ ތިން ވަނަ އަންހެން ބޮޑުވަޒީރެވެ. އަދި ލަންކާގެ 16 ވަނަ ބޮޑުވަޒީރު ވެސްމެއެވެ.

ލަންކާގެ އައު ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެފައި ވަނީ މީސްމީޑިއާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ރައީސް ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާގެ ޒަޢާމަތުގައި ސްރީލަންކާއަށް އިތުރު ކުރިއެރުންތަކަށް އަލިވިލޭނެ ކަމަށް އުންމީދު ކުރައްވާކަން ހާމަކުރެއްވިއެވެ.

ސްރީލަންކާގެ އާ ބޮޑުވަޒީރުކަމުގެ ހުވާ، ޑޮކްޓަރ އަމަރަސޫރިޔާ އަންގާރަ ދުވަހު ކުރެއްވުމާއެކު އެ ކަމަނާ ވެގެން ގޮސްފައިވަނީ 2000 ވަނަ އަހަރާއި ހަމައަށް ބޮޑުވަޒީރު ކަމުގެ މަގާމު ފުރުއްވި ސިރިމާވޯ ބަންޑާރަނައިކައަށްފަހު އެ މަޤާމު ފުރުއްވާ ފުރަތަމަ އަންހެން ބޭފުޅާއަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް