ހަދިޔާ ހިފިކަމުގެ ކުށުގައި ސިންގަޕޫރުގެ ކުރީގެ މިނިސްޓަރެއް ކޯޓަށް

Loading

Facebook
Twitter
WhatsApp

މަގާމުގައި ހުރިއިރު ހަދިޔާ ހިފިކަމުގެ ކުށް ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުގެ މައްޗަށް ސާބިތުވެއްޖެއެވެ. މިނިސްޓަރު،އުމުރުން 62 އަހަރުގެ ސުބްރަމާނިއަމް އިޝްވަރަން ގެ މައްޗަށް ފުރަތަމަ ކުރެވުނީ ކޮރަޕްޝަންގެ ދައުވާ ކަމަށް ވެއެވެ.ނަމަވެސް އަންގާރަދުވަހު ފެށުނު ޝަރީއަތުގައި ޕްރޮސެކިއުޓަރުން ވަނީ ދައުވާ ބަދަލުކޮށް ހަދިޔާ ހިފިކަމުގެ ކުށަށް ބަދަލު ކޮށްފައެވެ.


ސިންގަޕޫރަކީ ކުށްމަދު ހުރިހާގޮތަކުންވެސް ސާފުތާހިރު ފައިނޭންޝަލް ހަބް އަކަށް ވާއިރު،ސަރުކާރުގެ އިސްމަގާމްތަކުގައި ތިބޭ ފަރާތްތަކާބެހޭ މިފަދަ މައްސަލަތައް ވަރަށް މަދު ކަމަށް ވެއެވެ.އެހެންކަމުން އިޝްވަރަންގެ މައްސަލައިގެ ސަބަބުން މުޅިގައުމަށްވެސް ހައިރާންކަން ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
ކޮރަޕްޝަންގެ ދައުވާ އޮތް ގޮތަށް އޮތްނަމައެއްލައްކަ ޑޮލަރުގެ ޖޫރިމަނާޔާ އެކު ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.ނަމަވެސް މިހާރު އަންނާނީ ޖޫރިމަނާއަކާއި އެކު ދެއަހަރު ދުވަހުގެ ޖަލުހުކުމެކެވެ.
އިޝްވަރަން އަކީ ފާއިތުވި ފަންސާސް އަހަރުތެރޭވެސް ސިންގަޕޫރުގައި މިފަދަ ކުށެއްގައި ޝަރީއަތް ކުރެވުނު ފުރަތަމަ ސިޔަސީ އިސްފަރާތެވެ.ޗާޖްޝީޓްތައް ދައްކާ ގޮތުން އިޝްވަރަން ހަތަރުލައްކަޔަށްވުރެ ގިނަ ސިންގަޕޫރު ޑޮލަރުގެ ފްލައިޓް ޓިކެޓާ،ހޮޓާތަކުގައި ހިލޭ ހުރުމާއި އަދި މިޔުޒިކްޝޯތަކާ ކާރު ރޭސިންގ ޝޯތަކަށް ދިއުމަށް ޓިކެޓް ގައި ހިފާފައި ފައިވެއެވެ.
އިޝްވަރަންގެ މައްޗަށް ފުރަތަމަ ކޮރަޕްޝަންގެ ދައުވާ އުފުލާފައިވަނީ ޖަނަވަރީ މަހުއެވެ.ނަމަވެސް އޭރު އޭނާ ދައުވާތަކަށް އިންކާރުކޮށް އަދި މަގާމުން އިސްތިއުފާދީފައި ވެއެވެ. އަދި ހުތުރުވި ނަން ސާފު ކުރުމަށް މަސައްކަތް ކުރާނެކަމަށް ބުނެފައި ވެއެވެ.
އޭނާއަށް ރިޝްވަތުދިންކަމަށް ތުހުމަތުކުރެވުނު ފަރާތްތަކުގެ ތެރޭގައި ސިންގަޕޫރުގެ މަޝްހޫރު ޕްރޮޕަޓީ ޓައިކޫން އޮންގ ބެންގ ސެންގ ހިމެނެއެވެ.ސިންގަޕޫރުގައި ގްރޭންޑް ޕްރީ ކާރުރޭސް ބޭއްވުމުގެ ރައިޓްސް ގަނެފައިވަނީ ވިޔަފާރިވެރިޔާ އއޮންގް އެވެ.އަދި އިޝްވަރަން އަކީ ރޭހުގެ ސްޓިއަރިންގ ކޮމިޓީގެ އެޑްވައިޒަރެކެވެ.
މިސްޓަރ އޮންގ ގެ ކުންފުނިން ހިންގާ ހޮޓާ އަދި ރިސޯޓް ޕްރޮޕަޓީ ބްރޭންޑް ތަކުގެ ތެރޭގައި ފޯސީޒަންސް،ހާޑް ރޮކް ހޮޓެލްސް،އަދި ކޮންކޯޑް ފަދަ ބްރޭންޑްތައް ހިމެނެއެވެ.
އިޝްވަރަންއާއެކު މިސްޓަރ އޮންގ ވެސް މިދިޔަ އަހަރު ހައްޔަރު ކުރި ކަމަށް ވެއެވެ.ނަމަވެސް އޭނާގެ މައްޗަށް އަދި ދައުވާ ކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް