މަސައްކަތުގެ އަގު

Loading

Facebook
Twitter
WhatsApp

ވަރަށް ބޮޑު ބޯޓެއްގެ އިންޖީނު ހުއްޓި،ހަމައެއްގޮތަކަށްވެސް އިންޖީނު އަލުން ހިންގާނެ ގޮތެއް އެކަކަށްވެސް ނޭގުނެވެ.އެކި އިންޖިނޭރުން އިކިގޮތްގޮތަށް ބަލާވެސް ބޯޓުގެ އިންޖީނު އިސްޓާޓު ކުރެވޭނެ ގޮތެއް ނުވިއެވެ.

އެންމެ ފަހުން 30 އަހަރުގެ ތަޖުރިބާހުރި މާމޮޅު އިންޖިނޭރެއްގެ ވާހަކައިން ބޯޓުގެ ވެރިން ގާތުގައި ބުނެވިއްޖެއެވެ.އެމީހާ ހޯދައިގެން ގެނައުމަށް އެންގުމުން އިންޖިނޭރު ގެނެސްފިއެވެ.

އިންޖިނޭރު އައިސް ވަރަށް ފަރުވާތެރިކަމާއެކު އިންޖީނުގެ މަތިންފެށިގެން ތިރިޔަށް އިންސްޕެކްޓް ކޮށްލިއެވެ.އެއަށްފަހު އޭނާގެ ދަބަހުގައި ހުރި އެކި ހަތިޔާރުތައް ތަނަކަށް އަޅާލުމަށްފަހު އެތަނުން ކުޑަކުޑަ މަރުތޭލެއް ނެގިއެވެ.އަދި އެމަރުތޭލުން އިންޖީނުގެ ވަކިތަނެއްގައި ވަރަށް މަޑުމަޑުން ޖަހާލިއެވެ. ހަމަޖަހާލުމާއިއެކު އިންޖީނު އިސްޓާޓު ވެއްޖެއެވެ. އިންޖީނު ހެދުނީއެވެ.

އިންޖީނު ހަދާދިނުމުގެ އަގަކީ 20ހާސް ޑޮލަރުކަމަށް ބޯޓުގެ ވެރިމީހާ ގާތު އިންޖިނޭރު ބުންޏެވެ.

ބޯޓުގެ ވެރިމީހާ ދިޔައީ ސިއްސައިގެންނެވެ. އަދި ބުންޏެވެ. ”ކަލޭ އިންޖީނު ހަދަން ކުރީ ކޮންކަމެއް ހެއްޔެވެ.ހަމަ އެއްވެސް ކަމެއް ނުކުރެޔޭވެސް ބުނެވިދާނެއެވެ. ތިޔަ އަގު ގަބޫލެއް ނުކުރެވޭނެއެވެ. ބިލުގެ ތަފްސީލް ދޭށެވެ.“

މިހެން ބުނުމުން އިންޖިނޭރު ބުންޏެވެ. ”ތިޔައީދެން މާބޮޑުކަމެއް ނޫނެއްނޫންހެއްޔެވެ.ތަފްސީލަކީ މަރުތޭލުން ޖަހާލުމަށް ދެޑޮލަރު، ޖަހަންވީ ތަން އަދި ޖަހަންވީ ބާރުމުމިން އެނގުން، މިކަމަށް 19،998ޑޮލަރެވެ.“

މިހެން ބުނުމުން ބޯޓުގެ ވެރިފަރާތުން ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓެވެ.

މީހަކަށް އަވަހަށް ކަމެއް ފުރިހަމަ ކުރެވޭނަމަ އޭނާ އެވަނީ އެކަން ރަގަޅަށް ދަސްކޮށް ހުނަރު ފުރިހަމަ ކުރުމަށް ގިނަ އަހަރުތަކެއް ހޭދަކޮށްފައެވެ. ހަގީގަތުގައި މަސައްކަތުގެ އަގު ކަނޑައަޅަނީ މިގޮތަށް ހޭދަވި އަހަރުތަކަށެވެ.މަސައްކަތް ނިންމި މުއްދަތު ނުވަތަ ވަގުތަކަށް ނޫނެވެ.

Loading

2 Responses

  1. ހަމަ ޙަޤީޤަތުގައިވެސް ވަރަށް ބޮޑު ތެދެކެވެ. އެޑްވާންސް ސެޓުފިކެޓު އޮތް ތަޖުރިބާ ކާރު ޓީޗަރަކު ވަރަށް ރަނގަޅަށް ކުލާސްރޫމް މެނޭޖު ކުރާއިރު، ހަމަ އެކުލާސް ޑިގުރީ ސެޓުފިކެޓު އޮތް ޓީޗަރަށް ކުލާސް މެނޭޖު ނުކުރެވި ބޮއްސުންލާތީ ވަރަށް ގިނައިން ފެނިފައި އެބަހުރި.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް