ސްރީލަންކާގެ އައު ރައީސް ހުވާކުރައްވާ މަގާމާ ހަވާލުވެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ސްރީލަންކާގެ ރައީސްކަމަށް އަލަށް ހޮވިވަޑައިގެންނެވި އަނޫރާ ކުމާރަ ޑިސަނާޔަކަ މަގާމުގެ ހުވާކުރައްވާ މަގާމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެ ވަޑައިގެންފިއެވެ. އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއަޓްގައި މިއަދު ހެދުނު ދިހައެއް ޖެހިއިރުއެވެ.


އަނޫރާ ކުމާރަ ޑިސަނާޔަކަ ގެ ކުރިން އޭނާގެ އާއިލާގައި ސިޔާސީ އިސްބޭފުޅަކު ނެތް ނަމަވެސް އޭނާވަނީ މަޖިލީހުގައި ވަރަށް ހަރަކާތް ތެރިކަމާއެކު ވަސައްކަތް ކުރައްވަމުން ވަޑައިގެންފައެވެ. މިގޮތުން އިކޮނޮމިކް ރިފޯމް އަދި ސޯޝަލް ޖަސްޓިސްގެ ދާއިރާގައި އަގުހުރި މަސައްކަތް ތަކެއް އޭނާ ވަނީ ކުރައްވާފައެވެ. ޚާއްސަ ކޮށް މިވަގުތު އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އަނޫރާ ކުމާރަ ޑިސަނާޔަކަ ގެ ހިއްސާވަރަށް ބޮޑުކަމަށް ޚަބަރުތައް ބުނެއެވެ.
ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާބެހޭ ގޮތުން އޭނާ ވިދާޅުވެފައިވަނީ އައިއެމްއެފްއާއެކު ހަދާފައިވާ އެބަސްވުން ”ވީދާ“ ނުލައްވާނެކަމަށާ ނަމަވެސް އެއްބަސްވުން ރީ ސްޓްރަކްޗާ ކުރައްވަން މަސައްކަތް ކުރައްވާނެ ކަމުގައެވެ.މީގެ އިތުރުން މިހާރު ބޮޑުކޮށްފައިވާ ޓެކްސްތަކަށް ވެސް ލުއިދެއްވާނެކަމަށް އޭނާވަނީ ވައުދުވެ ވަޑައިގެންފައެވެ.
އަނޫރާ ކުމާރަ ޑިސަނާޔަކަ ކެމްޕެއިން ކުރައްވާފައިވަނީ ގައުމުގައި އާންމުވެފައިވާ ކޮރަޕްޝަން ނައްތާލެއްވުމަށާއި އަދި އިގްތިސާދު ރަނގަޅު ކުރައްވާނެކަމަށް ވައުދު ވެވަޑައިގަންވަމުންނެވެ. 20 އަހަރު މަޖިލީހުގައި ހޭދަ ކުރައްވާފައިވާ ޑިސަނާޔަކަ އަށް ސްރީލަންކާގެ ގިނަބަޔަކު ތާއީދު ކޮށްފައިވަނީ އިހުގެ ލީޑަރުން ނަށް އޮތް އިތުބާރު ގެއްލި އައު ލީޑަރަކާ އައު އުސޫލުތަކެއް ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ.
ސްރީލަންކާ ގެ ވެރިކަމުގެ މައްޗަށް ރާޖަޕަކްސާގެ ދެބެން އަތްގަދަ ކުރައްވާފަ އޮތް އޮތުން، އަނޫރާ ކުމާރަ ޑިސަނާޔަކަ ހުވާކުރެއްވުމާއިއެކު ނިމުމަކަށް އައިސްފައިވާކަން އެއީ ގިނަ ބަޔަކަށް ހިތްހަމަ ޖެހުން ލިބޭނެ ކަމެކެވެ.
ފާއިތުވި ފަނަވަރަކަށް އަހަރު ސްރީލަންކާގައި ވެރިކަންކުރައްވާފައިވާ ބޭފުޅުންގެ މައްޗަށްވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާއިރު، ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ވިދާޅުވެ ޑިސަނާޔަކަ ކެމްޕެއިން ކުރެއްވުންވީ ގިނަބަޔަކު ގަބޫލުކުރި ކަމަކަށެވެ.
ސްރީލަންކާގެ މިފަހަރުގެ އިންތިޚާބަށް 38 ކެންޑިޑޭޓުން ކުރިމަތި ލާފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސެގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް ހިމެނެއެވެ. އުމުރުފުޅުން 38 އަހަރުގެ ނަމާލް އަށް ލިބިވަޑައިގެންނެވީ 2.5 އިންސައްތަ ވޯޓެވެ. އެހެން އެއްވެސް ކެންޑިޑޭޓަކަށް އެއްޕަސެންޓަށް ވުރެގިނައިން ވޯޓު ލިބިފައެއް ނުވެއެވެ.
މިފަހަރުގެ އިންތިޚާބަކީ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންގހާ ރައީސްކަމަށް ކުރިމަތިލައްވާ ނާކާމިޔާބުވި ތިންވަނަ ފަހަރެވެ. 1999 އަދި 2005 ގައިވެސް ރަނިލް ވަނީ ވާދަ ކުރައްވާ ނާކާމިޔާބް ވެފައެވެ.
އެންމެ ފުރަތަމަ އައުރައީސް ޑިސަނާޔަކައަށް އަށް މަރުހަބާދެންނެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގައި ޑިސަނާޔަކައާއިއެކު މަސައްކަތް ކުރައްވާ ސްރީލަންކާ މުސްލިމް ކޮންގރެސްގެ ރައޫފް ހަކީމް ހިމެނިވަޑައިގަންނަވައެވެ.ސްރީލަންކާގެ ރައްޔިތުންގެ އިޚްލާސްތެރި އަޒުމް މިނަތީޖާއިން ހާމަވެފައިވާ ކަމަށާ މިކާމިޔާބީ މުސްލިމުން ބަލައިގަންނަނީ ޑިމޮކްރަސީގެ ހަގީގީ ރޫހުގައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ސްރީލަންކާގައި އޮންނަ މައިގަނޑު ދީންތައްކަމަށްވާ ސިންގަޅަ ،ތަމަޅަ އަދި މުސްލިމުން ހިމެނޭ ގޮތުން ހުރިހާރައްޔިތުންގެ އެއްބައިވަންތަކަމަކީ މިއައު ފެށުމުގެ ބިންގާ ކަމަށް އިންތިޚާބް ކާމިޔާބް ކުރެއްވުމުން ކުރެއްވި ޕޯސްޓެއްގައި އައު ރައީސް ޑިސަނާޔަކަ ވިދާޅުވެފައި ވެއެވެ.
ސައްވީސް ނޮވެމްބަރ 1968 ވަނަ ދުވަހު ސްރީލަކަންކާގެ އަނުރާދަޕޫރާ ޑިސްޓްރިކްޓަށް އުފަންވެ ވަޑައިގެންފައިވާ އަނޫރާ ހަޔާތްޕުޅު ގެ ޅައިރުގެ ދުވަސްތައް ހޭދަކުރައްވާފައިވަނީ މާބޮޑު ތަނަވަސް ކަމުގައެއް ނޫނެވެ. ބައްޕަ އަކީ ލޭބަރާ އެކަށްވާއިރު މަންމަ އަކީ ހައުސްވައިފް އެކެވެ. ޔުނިވަސިޓީ އޮފް ކެލާނިޔާއިން އޭނާ ގްރެޖުއޭޓްވެ ވަޑައިގެންފައިވަނީ 1995 ވަނަ އަހަރުއެވެ. އެއީ ބެޗަލައޮފް ސައިންސް އިން ފިޒިކަލް ސައިންސްގެ ރޮގުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް