ލ. ގަމުގައި ސަރުކާރުން އިމާރާތްކުރާ 100 ހައުސިން ޔުނިޓު މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

Loading

Facebook
Twitter
WhatsApp

ލ. ގަމުގައި ސަރުކާރުން އިމާރާތްކުރަމުންދާ 100 ހައުސިން ޔުނިޓު މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން ބުނީ އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން 98 ޔުނިޓު ހިޔާކޮށް ނިންމައިފައިވާ ކަމަށާއި އޭގެތެރެއިން 64 ޔުނިޓެއްގައި ސިމެންތިޖަހައި 12 ޔުނިޓެއްގެ އެތެރެ އަދި ބޭރު ސީލިންގުކޮށް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު 50 ޔުނިޓެއްގެ މުށި ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު 48 ޔުނިޓެއްގެ ކަރަންޓު ވައިރިންކޮށް އެއްކޮށް ވަނީ ނިންމާފައެވެ.

ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ދަށުން އިމާރާތް ކުރާނީ 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓެވެ. އެ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނަ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

އެތަނުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ޤާއިމުކުރާނެއެވެ.

މި މަޝްރޫއަކީ 2022 ވަނަ އަހަރުގެ މެއި މަހު އެސްޖޭ ކޮންސްޓްރަކްޝަންއާއެކު ކޮންޓްރެކްޓްގައި ސޮއިކޮށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި މަޝްރޫއެކެވެ.

މި މަޝްރޫޢު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް