ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ސައުދީ އަރަބިއްޔާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ޢާއިޝަތު އަފްރީން މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އިއްޔެ ވިލާ ނޯޓިކާ، މޯލްޑިވްސްގައި ބާއްވާފައި ވަނީ ސައުދީގެ 94 ވަނަ ޤައުމީ ދުވަހުގެ ރަސްމިއްޔާތެވެ.ސައުދީ އަރަބިއްޔާގެ މުއްސަނދި ތާރީޚާއި ތަރިކަ، އަދި އެ ޤައުމުގެ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ޑޮކިއުމަންޓްރީއެއް ބައްލަވާލެއްވުމުގެ ފުރުޞަތުވެސް އެ ރަސްމިއްޔާތުގެ ބައިވެރިންނަށް ލިބިވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި، ނައިބު ރައީސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސައުދާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައެވެ.

ނައިބު ރައީސް ވަނީ ރާއްޖެއާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިވެފައި ވަނީ މައިގަނޑު ގޮތެއްގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކޮށް ހުންނަވައިގެން ދޭދޭ ގުޅުން ބަދަހި ކުރުމަށް މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ކަން، ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ނިމިދިޔަ ޙައްޖު މޫސުމުގައިވެސް ދިވެހި ޙައްޖާޖީންނަށް ސައުދީން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފައެވެ. އަދި ސައުދީ ފަންޑް ފޮރ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށްވެސް ނައިބު ރައީސް ވަނީ އެ ޤައުމަށް ޝުކުރު އަދާކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް