އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސް ބައިޑަން ބައްދަލު ކުރައްވައިފި

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ އާއި އެމެރިކާގެ ރައީސް ޖޯބައިޑަން ބައްދަލު ކުރައްވާ މުހިންމު ބައެއް ކަންކަމާބެހޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.

ބައްދަލުވުން ކުރިޔަށްދިޔައީ އެމެރިކާގެ ސައުތު ކެރޮލައިނާގެ ވިލްމިންގޓަންގައި ބޭއްވުނު ކުއަޑް ސަމިޓްގެ އަރިމަތިންނެވެ. ހޮނިހިރު ދުވަހު ބޭއްވުނު ބައްދަލް ވުމަށްފަހު ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށް އަލި އަޅުވާލާފައިވެއެވެ.

މިގޮތުން ޑިފެންސް،އިކޮނޮމިކް، ކްލީން އެނާޖީ، ގްލޯބަލް ހެލްތު އަދި އާންމު ތަރައްގީގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އިންޑިޔާގެ ކޮލްކަތާ ގައި ”ސެމީކޮންޑަކްޓާ ފެބްރިކޭޝަން“ ޕްލާންޓެއް ގާއިމް ކުރުމާއިބެހޭ ގޮތުން  ޚާއްސަ މަޝްވަރާތަކެއް ކުރައްވާފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ. މިޕްލާންޓް ގާއިމްކުރާނީ އިންޑިޔާގެ ސެމީކޮންޑަކްޓާ މިޝަން އާއި އެމެރިކާގެ ސްޕޭސް ފޯސް އާއި ދެމެދުވެވޭ އެއްބަސް ވުމެއްގެ ދަށުންނެވެ.

މިދަތުރުފުޅުގައި މޯދީ ވަނީ ޚާއްސަ ސްކައިގާޑިއަން އަދި ސީގާޑިއަން 31 ޑްރޯން އިންޑިޔާއަށް ގަތުމާބެހޭ ޕްރޮކިއޯމަންޓް ގެ ކަންތައް ނިންމަވާފައެވެ. މިއާއެކު ރައީސް ބައިޑަން ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ތިން ބިލިއަން ޑޮލަރުގެ އަގުހުރި މިޑްރޯންތައް ބޭނުން ކޮށްގެން އިންޑިޔާގެ އަސްކަރިއްޔާގެ ސާވެލަންސް ނިޒާމް ވަރަށް ބޮޑަށް ރަގަޅު ކުރެވޭނެ ކަމަށް ޚަބަރުތައް ބުނެއެވެ. މިޑްރޯންތައް އެންމެ ބޮޑަށް ބޭނުން ކުރެވޭނީ ޗައިނާއާއި ގުޅޭ އިމުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށް ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް