އެމެރިކާގެ އެމް ކިޔޫ 9 މަރުކާގެ 2 ޑްރޯން ހޫތީ މުޖާހިދުން ވައްޓާލައިފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ އެމް ކިޔޫ 9 މަރުކާގެ 2 ރީޕަރ ޑްރޯން ހޫތީ މުޖާހިދުންގެ ހަމަލާގައި ވައްޓާލައިފިކަމަށް އެމެރިކާގެ މިލިޓްރީން އެއްބަސް ވެއްޖެކަމަށް އެސޯޝިއޭޓެޑް ޕްރެސް ދުބާއި އިން މިއަދު ޚަބަރު ދީފިއެވެ.

އެމެރިކާގެ މިލިޓްރީން ބުނެފައިވަނީ ހޫތީ މުޖާހިދުންގެ ހަމަލާގައި ފުރަތަމަ ޑްރޯން ވައްޓާލާފައިވަނީ ސެޕްޓެމްބަރ 10 ވަނަ ދުވަހު ކަމަށާއި އަދި ދެވަނަ ޑްރޯން ވައްޓާލާފައިވަނީ މިދިޔަ ހޯމަ ދުވަހުގައި ކަމަށެވެ. އެ ޑްރޯންތަކަކީ ފަނަރަހާސް މީޓަރުގެ މަތިން މެދުނުކެނޑި 24 ގަޑިއިރު އުދުހުމުގެ ގާބިލުކަންވެސް ލިބިފައިވާ ޑްރޯން ތަކެކެވެ. އެމެރިކާގެ މިލިޓްރީންނާއި އަދި ސީ އައި އޭ އިން އެ ޑްރޯންތައް ޔަމަނުގެ މަތިން އުދުއްސަމުންގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. އެއިން ޑްރޯނެއްގެ އަގަކީ 30 މިލިއަން އެމެރިކާ ޑޮލަރ ކަމަށްވެސް އެމެރިކާގެ މިލިޓްރީން ބުނެފައިވެއެވެ. 

ޑްރޯންތައް ވައްޓާލި ހާދިސާ އާ ބެހޭ އެއްވެސް ތަފްސީލެއް ދިނުމަކާ ނުލައި އެކަންތައް ތަހްގީގު ކުރަމުން ގެންދާކަމަށް ޔޫ އެސް އެއަރފޯސްގެ މޭޖަރ އަދި ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ މޭޖަރ ޖެނެރަލް ޕެޓް ރައިޑަރ ބުނެފައި ވެއެވެ. އިސްރާއީލުން ގައްޒާގައި ގަތުލު އާންމު ހިންގަން ފެށިފަހުން މިހާތަނަށް އެމެރިކާގެ 10 ޑްރޯން ވައްޓާލާފައިވާނެކަމަށް ހޫތީ މުޖާހިދުން ހާމަކުރަމުން ގެންދާތީ އެއީ ރަނގަޅު ވާހަކައެއް ނޫންކަމަށާއި އެހެންނަމަވެސް މިކަމާބެހޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ޔަމަނުގެ ހަނގުރާމައިގާ 2014 ވަނައަހަރު އެ ގައުމުގެ ވެރިކަންކުރާ ޝަހަރު ސަންއާ ހޫތީ މުޖާހިދުންގެ ބާރުގެ ދަށަށް ދިއުމަށްފަހު 2017 2019 2023 އަދި 2024 ގައިވެސް އެމެރިކާގެ ޑްރޯންތަކެއް ހޫތީ މުޖާޖިދުންވަނީ ވައްޓާލާފައެވެ. އަދި އިސްރާއީލް-ގައްޒާ ހަނގުރާމަ ފެށުނުފަހުން ރެޑްސީ ތެރެއިން ދަތުރުކުރާ ވަކި ގައުމުތަކެއްގެ އުޅަނދުފަހަރަށް ހޫތީ މުޖާހިދުން އަމާޒުކުރަމުން ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 80 އުޅަނދަށް ހަމަލާދީފައި ވެއެވެ. އޭގެ ތެރެއިން އެއް އުޅަނދު އަތުލައިގަނެ އިތުރު 2 އުޅަނދު ވަނީ ފައްތާލާފައެވެ.

އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ގަތުލު އާންމަށް އެއް އަހަރު ފުރެން ކައިރިވަމުންދާއިރު ރެޑް ސީގެ ދަތުރުތަކަށް ހޫތީ މުޖާހިދުން ދެމުންގެންދާ ހަމަލާތައްވެސް ވަނީ އިތުރު ކޮށްފައެވެ. އަންދާޒާ ހިސާބުތަކަށް ބަލާއިރު ރޭޑްސީގެ ތެރެއިން އަހަރަކު އެއް ޓްރިލިއަން ޑޮލަރުގެ މުދަލަށް ވުރެން ގިނައިން އުފުލެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް