އެމެރިކާ އަދި އިޒްރޭލަށް ކުރިއަށް އޮތް ދުވަސްތަކަކީ ކުއްލި ސިހުމުން ފުރިފައިވާ ދުވަސްތަކެއް:ޔަމަން

Loading

Facebook
Twitter
WhatsApp

އެމެރިކާ އަދި އިޒްރޭލަށް ކުރިއަށް އޮތް ދުވަސްތަކަކީ ކުއްލި ސިހުމުން ފުރިފައިވާ ދުވަސްތަކެއް ކަމަށްބުނެ ޔަމަނުން އިންޒާރުދީފިއެވެ.

މިގޮތަށް އިންޒާރުދީފައި ވަނީ ޔަމަނުގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ވެރިޔާ ފީލްޑް މާޝަލް މަހުދީ މުޙައްމަދު އަލް މަޝާތު އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މަޝާތު ވަނީ 2 ހައިޕަރސޮނިކް މިސައިލުން ތެލް އަވީވްގެ އަސްކަރީ އަމާޒަކަށް ޙަމަލާދިނުމުން ރޮކެޓްރީ ފޯސަސްއަށް ލިބުނު ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.


މަޝާތު ވިދާޅުވީ އެމެރިކާއާއި އިޒްރޭލަށް “ ކުރިއަށް އޮތް ދުވަސްތަކަކީ ކުއްލި ސިހުމުން ފުރިފައިވާ ދުވަސްތަކެއް “ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާ ވަށާލާ ޔަހޫދީ އިޒްރޭލުން ޖަރީމާތައް ހިންގަމުން އަންނަހާ ހިނދަކު ޔަމަނުގެ ދިފާޢީ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް މަޝާތު ވަނީ ވިދާޅުވެފައެވެ.
އަދި އިސްރާއީލުގެ އިސްތިއުމާރުގެ ދަށުން ހިފާފައިވާ ބިން މިނިވަން ކުރެވެންދެން ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކޮށް ޔަމަނުން ގެންގުޅޭ ފަސްނުޖެހޭ އުސޫލު ވެސް އަލްމަޝާތު ތަކުރާރު ކުރެއްވި އެވެ.

މަޝާތު ވިދާޅުވީ ”ދުނިޔޭގެ އެއްވެސް ބާރެއްގެ ސަބަބުން އަހަރެމެންގެ މި ނިންމުމުގައި ފަސްނުޖެހޭނެ، މިކަމުގައި ޚަރަދާއި ގޮންޖެހުން ތަކަށްވެސް ބެލުމެއްނެތް“ ކަމަށެވެ.
ހަމައެހެންމެ އިންސާފުވެރި ސުލްޙައެއް ހޯދުމަށް ޔަމަނުން ފުރިހަމައަށް ވަޢުދުވެފައިވާ ކަމަށް ވެސް އަލްމަޝާތު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އަލްމަޝާތު ވަނީ ހަނގުރާމައެއް ވެސް އަދި ސުލްޙަވެރިކަމެއް ވެސް ނެތް ޙާލަތެއް ދެމެހެއްޓުމުގެ ނުރައްކާތެރިކަމާމެދު އިންޒާރު ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް