އެއްވެސް ދުޝްމަނަކަށް އީރާނުގެ ބިމަށް އަރައިގަންނާކަށް ނުކެރޭނެ

Loading

Facebook
Twitter
WhatsApp

އެއްވެސް ދުޝްމަނަކަށް އީރާނުގެ ބިމަށް އަރައިގަންނާކަށް ނުކެރޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.
ޕެޒެސްކިއަން މިހެން ވިދާޅުވީ އީރާނުގެ ސިފައިންގެ އަސްކަރީ ޕެރޭޑްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުންނެވެ.


އެގޮތުން ޕެޒެސްކިއަން ވިދާޅުވީ މިއަދު އީރާނުގެ ބާރާއި ޑިޓަރެންސްގެ ސަބަބުން އެއްވެސް ދުޝްމަނަކަށް އިރާނުގެ ފަސްގަނޑަށް އަރައިގަތުމުގެ ފުރުސަތު ނެތް ކަމަށެވެ.
މިއަދު ސަރަހައްދީ ޤައުމުތަކުގެ މެދުގައި އިރާން ދިފާޢު ކުރުމުގެ އިތުރުން، އިރާންގެ އަމާންކަން ދަމަހައްޓައި ޝަރަފުވެރި ކަމާއެކު އެކަން އިޢުލާނު ކުރާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޕެޒެސްކިއަން ވަނީ މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައިވާ ފަދައިން ފަލަސްތީނުގެ ޣައްޒާއަށް އަރައިގަނެ ޒައަނިސްޓު ޔަހޫދީ އިޒްރޭލުން އެއްވެސް ރަޙްމެއް ނެތި ހިންގަމުން އަންނަ ލޭއޮހޮރުންތަކާއި ޖަރީމާތައް އިސްލާމުން އެކަތިގަނޑަކަށްވެ އަތާ އަތް ގުޅާލައިފި ނަމަ އެ ޢުދުވާންތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
އީރާނަކީ ބަހާއި ޢަމަލުން ފަލަސްތީނުގެ މިނިވަންކަމަށް ފާޅުގައި ބަސްބުނެ އެހީތެރިވަމުންދާ މުސްލިމް ޤައުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް