ސްރީލަންކާގެ ރިޔާސީ އިންތިޚާބްގެ ވޯޓުލުން ކުރިޔަށް ދަނީ

Loading

Facebook
Twitter
WhatsApp

މާލީ ދަތިތަކުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ސްރީލަންކާގައި 10ވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ފެށިގެން ކުރިޔަށް އެބަދެއެވެ.

22 ހާހެއްހާ މީހުންގެ އާބާދީ އެއް އޮންނަ ސްރީލަންކާގައި 17 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ހޮނިހިރު ދުވަހުގެ ވޯޓަށް 13 ހާހެއްހާ ވޯޓިން ސްޓޭޝަން ގާއިމް ކޮށްފައިވާކަމަށް ޚަބަރުލިބެއެވެ. ދެލައްކައެއްހާ އޮފިޝަލުން ހަރަކާތް ތެރިވަމުން ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި 63ހާސް ފުލުހުންނާއި ސިފައިން ވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. ވޯޓުލުން ހެދުނު 7ޖެހިއިރު ފަށާފައިވާއިރު ބަންދުކުރާނީ ހަވީރު 4ޖަހާއިރުއެވެ.

މިފަހަރުގެ އިންތިޚާބްގައި 38 ކެންޑިޑޭޓް ވާދަކުރާއިރު އެންމެ ގާތުން ވާދަކުރައްވަނީ 4 ކެންޑިޑޭޓުންނެވެ.

މިހާރުގެ ރައީސް ރަނިލް ވިކްރަމަ ސިންގހާ ވެސް ވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައެވެ. ރައީސްއާ އެންމެ ގާތުން ވާދަކުރައްވާނެކަމަށް ބެލެވެނީ ޖޭވީޕީ ޕާޓީން ވާދަކުރައްވާ،އުމުރުފުޅުން 55 އަހަރުގެ،އަނޫރާ ކުމާރަ ޑިސަނަޔަކަ އެވެ.ސިޔާސީ މަޝްހަރަށް ނިސްބަތުން އައު ބޭފުޅެއް ކަމަށްވާ އަނޫރާ ކެމްޕެއިން ކުރައްވަމުންގެންދެވީ ކޮރަޕްޝަނާ ދެކޮޅަށެވެ. 2022 ވަނަ އަހަރު ސަރުކާރާ ދެކޮޅަށްކުރި މުޒާހަރާ ތަކަށްފަހު އަނޫރާ ކުމާރަ ޑިސަނަޔަކަ ގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރު ވެގެން ގޮސްފައެވެ. މިދެބޭފުޅުންނަށް ފަހު އެންމެ ގިނަ ވޯޓު ހޯއްދަވާނެ ކަމަށް ބެލެވެނީ ”ވެޓަރަން“ ސިޔާސީ ލީޑަރެއް ކަމަށްވާ ސަޖީތު ޕްރެމަދާސަ އާއި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ ދަރިކަލުން،އުމުރުފުޅުން 38 އަހަރުގެ ނަމާލް ރާޖަޕަކްސައެވެ.   

ސްރީލަންކާއަށް ކުރިމަތިވި އިގްތިސާދީ ވެއްޓުމުގެ ސަބަބުން އާންމުން ރުޅިއައިސް ނިކުމެކުރި މުޒާހަރާތަކާ ގުޅިގެން އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވަނީ މަގާމުން އިސްތިއުފާދެއްވާ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.

ސާޅީސް ހަ ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަދިވެސް ސްރީލަންކާގައި އެބައޮތް ކަމަށް ޚަބަރުލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް