މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރަން ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރަން ވޯލްޑް ބޭންކާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ވޯލްޑް ބޭންކުގެ އިރުމަތީ އޭޝިޔާ އަދި ޕެސިފިކް ސަރަޙައްދުގެ ތިމާވެށި، ގުދުރަތީ ވަސީލަތްތައް އަދި ނޫ އިޤްތިޞާދުގެ ޕްރެކްޓިސް މެނޭޖަރ މިސް އޭން ޖީނެޓް ގްލޯބަރ އާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމެއްގައެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ވޯލްޑް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިސް އޭން ޖީނެޓް ގްލޯބަރ ވިދާޅުވީ، ތިމާވެށީގެ ދާއިރާއިންނާއި، އަންހެނުން ބާރުވެރިކުރުވުމާއި އަދި އެހެނިހެން ދާއިރާތަކުން ކުރާ މަސްވެރިކަމާ ގުޅުންހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ފައިނޭންސް ލިބޭނެ ގޮތްތައް އެބަހުރިކަމަށާއި އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕްލޭނެއް އެކުލަވާލުމަށް ވޯލްޑްބޭންކުގެ ޓީމެއް ރާއްޖެއަންނާނެ ކަމަށެވެ.

ޝިޔާމް ވަނީ މި ބައްދަލު ކުރެއްވުމުގައި ވޯލްޑް ބޭންކުން ފަންޑުކޮށްގެން މަސްވެރިކަމާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން މިފްކޯއަށް ގަންނަ މަހުގެ %65 އަކީ ރާއްޖެއިން އެކްސްޕޯޓް ކުރާ ރޯ މަސްކަމަށާއި، ސަރުކާރުގެ އަމާޒަކީ މަސް ޕްރޮސެސްކޮށް މި އަދަދު މަދުކުރުން ކަމަށާއި ރާއްޖޭގެ 3 ސަރަހައްދެއްގައި މަސް ޕްރޮސެސްކުރާ ފެސިލިޓީތައް ގާއިމުކުރުމަށް ސަރުކާރުން މިހާރު ވަނީ މަސައްކަތް ފަށާފައި ކަމަށް ޝިޔާމް ވިދާޅުވެފައި ވެއެވެ.

Loading

One Response

  1. ރާއްޖޭގެ މަސްވެރިކަން ނައްތާލުމަށް ފަހު މަސްވެރިކަން ކުރިއަރުވާނެ ދައްކަންޖެހޭ ވާހަކައެއް އެބައޮތްތޯ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް