ހުރިހާ މުދާވިއްކާފައި ކްރޫޒް ދަތުރަކަށް އެރި މީހަކަށް ކުންފުނިން ހުރަސްތައް

Loading

Facebook
Twitter
WhatsApp

ހުރިހާ މުދާވިއްކާފަ ތިންއަހަރުގެ ކްރޫޒް ދަތުރަކަށް އެރި ފްލޮރިޑާ ގެ އަންހެނަކު ކުރި ވަޓްސްއެޕް މެސެޖްތަކަކާ ގުޅިގެން އޭނާ ދަތުރުގައި ބައިވެރިވުން މަނާކޮށްފި ކަމަށް އޭނާ ބުނެފިއެވެ. ”ވިލާވައި އޮޑިސީ“ ކިޔާ ކްރޫޒް ޝިޕް ތިން އަހަރުގެ ދަތުރެއް ކުރާގޮތަށް އޮތީ ޔޫރަޕް އޭޝިޔާ އަދި އެމެރިކާގެ ދެބައްރު ހުރަސް ކޮށެވެ. 350،469ޑޮލަރަށް އަގުކަނޑައަޅާފައިވާ ދަތުރުގައި ބޯޓު ބެލްފާސްޓްގައި ތިންމަސްދުވަހު މަޑުކުރަން ޖެހިފައިވާ ކަމަށްވެއެވެ. މިކަމުގެ ސަބަބުން ހުރިހާފަސިންޖަރުންނަށްވެސް ދަތިތައް ވަނީ ކުރިމަތިވެފައެވެ.


ފްލޮރިޑާގެ އަންހެންމީހާ، އުމުރުން 68 އަހަރުގެ ޖެނީ ފީނިކްސް ރާވައިގެން ހުރީ މިއާމީގައި ބަނދަރު ކުރުމުން ބައެއް ތަކެތި ނެގުމަށް ފޭބުމަށެވެ. ނަމަވެސް ދަތުރު ޑިލޭ ވެގެން ދިއުމާއިއެކު މިއާމީގައި މަޑުނުކުރަން ނިންމި ކަމަށް ވެއެވެ. އެހެން ކަމުން އޭނާއެކަމާ ރުޅިއައިސް ވަޓްއެޕް ގްރޫޕެއްގައި ހިތްހަމަ ނުޖެހުންތައް ބަންޑުން ކުރަން ފެށިއެވެ.
ބެލްފާސްޓުން ފުރާފަ ބޯޓުގެ ރެނޮވޭޝަން މަސައްކަތް ކުރިޔަށް ދާނެކަމަށް ބެލެވޭ ކަމަށާ އޭނާ ބުކް ކުރި ކޮޓަރިވެސް މިހާރު ފަޅުވެރިންގެ ބޭނުންތަކަށް ނަގާފައިވާ ކަމަށް އޭނާ ވަޓްސްއެޕްގްރޫޕްގައި ބުނެފައި ވެއެވެ. އަދި އޭނާއަށް ވަގުތީ،މާކުޑަ ކެބިންއެއް ދީފައިވާކަމަށް ބުނެފައި ވެއެވެ.
އޭނާގެ މެސެޖްތައް ބޯޓުގެ ވެރިންނަށް ފެނުމާއިއެކު ދަތުރަށް ޕީނިކްސް އާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ކެންސަލް ކޮށްފައިވާކަން އޭނާއަށް އަންގާފައިވާ ކަމަށްވެއެވެ.އަދި އޭނާގެ ޝަކުވާތަކާ ނެގަޓިވް ކޮމެންޓް ތަކުގެ ސަބަބުން 12 ވަރަކަށް ފަރާތުން ބޯޓުގެ ވެރިފަރާތަށް ރަސްމީކޮށް މަސްއަލަ ހުށަހަޅާފައިވާ ކަމަށް ޗީފް އޮޕަރޭޓިން އޮފިސަރ އޭނާގާތުގައި ބުނި ކަމަށް ވެއެވެ.އޭނާގެ ސަބަބުން އެހެން ފަސިންޖަރުންގެ ”މޮރާލް“ އަށް ނޭދެވޭ އަސަރު ކުރާތީ ކޮންޓްރެކްޓް އެއްކޮން ކެންސަލް ކުރީ ކަމަށް އެންގިކަމަށްވެއެވެ.
ވިލާ ވައި ކްރޫޒް ޝިޕްގެ ދަތުރު ގައި 147 ގައުމެއްގެ 425 މަންޒިލެއްގައި މަޑުކުރާގޮތަށް އޮތީ ހަމަޖެހިފައެވެ.ނަމަވެސް ކުރިމަތިވި ”ކުޑަ ޑިލޭ“ އެއްގައި މޭ 30ންފެށިގެން ބޯޓު އޮތީ ބެލްފާސްޓްގައެވެ. ފަސިންޖަރުންގެ ތެރެއިން އަވީގަ އުޅެން އާދަވެފައިވާ މީހުން ބެލްފާސްޓް ގެ ފިނި މާހައުލާ ނުގުޅި ދަނީ ޝަކުވާ ކުރަމުންނެވެ.
މިދަތުރު ދިއުމަށް އެތައްބަޔަކު ގެދޮރު ވިއްކިކަމަށް ވެއެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް