އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރޭ:ޗައިނާ ސަފީރު

Loading

Facebook
Twitter
WhatsApp

ތަފާތު އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރާ ކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު ވަންގް ލީޝިން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ”ސީޑްސް ފޮރ ދަ ފިއުޗަރ“ ޕްރޮގްރާމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން އެ ކަމަނާ ވިދާޅުވީ ޤައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން ކަމަށެވެ. މިގޮތުން ”ޓެކްނޮލޮޖީ، އިޤްތިސާދީ އަދި ތަފާތު އެކި ދާއިރާތަކުން ޤައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރި ޒުވާނުން މަސައްކަތްކުރޭ“ ކަމަށް އެ ކަމަނާ ވިދާޅުވެފައި ވެއެވެ.

ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގެ ދަށުން ޗައިނާއަށް ޒިޔާރާތްކުރާ 4 ދަރިވަރުން އެނބުރި ރާއްޖެ އަންނަ އިރު، އެ ދަރިވަރުންގެ ހުނަރާއި މަޢުލުމާތު އިތުރުވެ، ދަރިވަރުންގެ އިތުރުން ދިވެހިރާއްޖޭގެ މުސްތަޤްބަލު އުޖާލާވުމަށް އުންމީދުކުރާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް