ޖަހާމުގުރި ގޯޅީގައި ހުރި ގެއަކުން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

މާލޭގެ ގެޔަކުން މަގުމައްޗަށް ބިއްލޫރި ގަނޑެއް ވެއްޓި ދިވެހި ފިރިހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ މިރޭ 19:12 ހާއިރު ކަމަށެވެ. އަދި ވެއްޓިފައި ވަނީ މާފަންނު، ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރުގެ ބިއްލޫރިގަނޑެއް ކަމަށެވެ.

މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެން ދިޔަ ވަގުތު އެ ސައިކަލްގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސް އެމީހާ އަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިގޮތުން އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުންބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް