ޕޭޖަރު ބޭނުން ކޮށްގެން ދިން ހަމަލާތަކުގައި ބޭނުންކުރި ޕޭޖަރުތައް ހެދީ ކޮންތާކުން؟

Loading

Facebook
Twitter
WhatsApp

މުވާސަލާތު ކުރުމުގައި ބޭނުންކުރާ ޑިވައިސް އެއްކަމަށްވާ ޕޭޖަރު ބޭނުން ކޮށްގެން ލުބުނާނުގައި އިއްޔެދިން ހަމަލާ ތަކުގައި ބޭނުންކުރި ޕޭޖަރުތައް ހެދީ ކޮންފަރާތަކުންތޯ ބެލުމުގެ މަސައްކަތް ތަހުގީގުކުރާ ޓީމްތަކުން ބާރަށް ކުރަމުން އެގެންދެއެވެ. މިހާތަނަށް ހާމަވެފައިވާ ގޮތުގައި ޕޭޖަރުތައް ހަދާފައިވަނީ ރެޔާހަމަޔަށް ގިނަބަޔަކު އަޑުއަހާފައިނުވާ ތައިވާނުގެ ކުންފުޏަކުންނެވެ.

ހިޒްބުﷲ ޖަމާއަތުގެ މެމްބަރުންނަށް އަމާޒުކޮށް އެއްފަހަރާ އެއްވަގުތެއްގައި ދިން ހަމަލާތަކުގައި 12 މީހުން މަރުވެ ތިންހާސް މީހުން ޒަޚަމްވެފައި ވެއެވެ. ހަމަލާތަކުގައި ބޭނުންކުރި ޕޭޖަރުތައް ހަދާފައިވަނީ ގޯލްޑް އެޕޯލޯ ކިޔާ ތައިވާނުގެ ކުންފުންޏަކުން ކަންވަނީ ހާމަވެފައެވެ. ނަމަވެސް އިއްޔެގެ ހަމަލާތަކާ އެކުންފުންޏާ އެއްވެސް ގުޅުމެއް ނުވާކަމަށް ކުންފުނީގެ ވެރިޔާ ބުނެފައި ވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި ގޯލްޑް އެޕޯލޯގެ ނަން ބޭނުން ކުރުމުގެ ހުއްދަ ދިނީ ހަންގޭރީގެ ކުންފުންޏެއް ކަމަށްވާ ބީއޭސީ ކޮންސަލްޓިންގ އަށެވެ.އަދި ގޮވާފައިވާ އެއްވެސް ޕޭޖަރެއްގައިވެސް ”މޭޑް އިން ތައިވާން“ ޖަހާފައިވަނިކޮން ނުފެންނާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ގޯލްޑް އެޕޯލޯ އިންހަދާ ޕޭޖަރުތަކުގެ އިޝްތިހާރު އެކުންފުނީގެ ވެބަސައިޓް ގައި ރެޔާހަމަޔަށް އިޝްތިހާރު ކޮށްފައި ހުރިކަމަށް ވެއެވެ. ނަމަވެސް ހަމަލާތަކުގައި ބޭނުންކުރީ ގޯލްޑް އެޕޯލޯގެ ޕޭޖަރު ކަމަށް ޚަބަރުތަކުގައި ބުނަންފެށުމާއިއެކު އެކުންފުނީގެ ވެބްސައިޓް އޯފްލައިން ވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޕޭޖަރަކީ ކުޑަ ލެޑް ސްކްރީނެއް ލާފައިވާ ކުޑަކުޑަ ޑިވައިސްއެކެވެ. ޕޭޖަރު ބޭނުންކޮށްގެން އެކަކު އަނެކަކަށް ކުދި ޓެކްސްޓް މެސެޖް ފޮނުވެއެވެ.1980ގެ އަހަރުތަކުގަ އާއި 1990ގެ އަހަރުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ޕޭޖަރު އައީ ބޭނުން ކުރަމުންނެވެ. ނަމަވެސް މޯބައިލް ފޯން ތައާރަފް ވުމަށްފަހު ޕޭޖަރުގެ ބޭނުން ކެނޑި ވަނީ ނެތިދިއުމާ ހަމަޔަށް ގޮސްފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް