އެމެރިކާގެ މީޑިއާތަކުން ލުބުނާނުގެ ޕޭޖަރ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބު ހާމަކޮށްފި

Loading

Facebook
Twitter
WhatsApp
ކާރެއްގެ ތެރޭގައި ޕޭޖަރެއް ގޮވާފައި

އެމެރިކާގެ މީޑިއާތަކުން ލުބުނާނުގެ ޕޭޖަރ ގޮވުންތަކުގެ ފަހަތުގައިވާ ސަބަބު ހާމަކޮށްފި އެވެ.

އެގޮތުން އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ވަނީ އަންގާރަ ދުވަހު ލުބުނާނުގައި ޕޭޖަރސް ގޮވުންތައް ހިނގި ސަބަބު ހާމަކޮށްފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ދިން އެމެރިކާ އާއި އެހެން ބައެއް ޤައުމުތަކުގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް އިން ބުނީ އިސްރާއީލުން ގޮވާ ތަކެތި ފޮރުވާފައި ވަނީ ލުބުނާނަށް އެތެރެކުރި ޓައިވާނުން އުފައްދާފައިވާ ޕޭޖަރުގެ އާ ބެޗެއްގެ ތެރޭގައި ކަމަށެވެ.

ހިޒްބުالله އިން މި ޕޭޖަރުތައް އޯޑަރު ކުރީ ޓައިވާންގެ ގޯލްޑް އެޕޯލޯ އިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީގެ ތެރޭގައި ގިނައީ އެ ކުންފުނީގެ އާރް924 މޮޑެލް ނަމަވެސް ގޯލްޑް އެޕޯލޯގެ އިތުރު ތިން މޮޑެލް ވެސް ޝިޕްމަންޓްގައި ހިމަނާފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

މީގެ އިތުރުން އެއް އައުންސާއި ދެ އައުންސާއި ދެމެދުގެ ކުޑަ ގޮވާ މާއްދާއެއް ކޮންމެ ޕޭޖަރެއްގައި ވެސް ބެޓެރީގެ ކައިރީގައި ހަރުކޮށްފައިވާ ކަމަށް އޮފިޝަލުންގެ ތެރެއިން ދެ މީހަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފައި ވެއެވެ. އަދި ގޮވާތަކެތި ގޮއްވާލުމަށް ރިމޯޓުން ޓްރިގަރ ކުރެވޭ ސްވިޗެއް ވެސް ހަރުކޮށްފައިވާ ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

އެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ޕޭޖަރުތައް ގޮވުމުގެ ކުރިން އިއްޔެ މެންދުރު 3:30 ގައި ލުބުނާނުގައި ޕޭޖަރުންނަށް ލިބުނު މެސެޖެއްގައި މެސެޖުން ގޮވާތަކެތި އެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ މި ގޮވުންތަކުގައި 11 މީހަކު ޝަހީދުވެ 2،700 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހިޒްބުالله އިން ވަނީ މި ގޮވުންތައް ގޮވަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުގީގު ފެށިކަން އިއުލާނުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް