މާލޭގެ ގެއެއްގެތެރެއިން މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައެއް ނުވޭ

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވެފައި އޮތް މީހަކު ފެނިފައި ވަނީ މާލޭގެ މާފަންނު ގެއެއްގެ ތިންވަނަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިންނެވެ. މަރުވެފައި އޮއްވާ ފެނުނީ މ. ނަލަހިޔާ މަންޒިލް، އަހުމަދު ފަޔާޒް އެވެ.

މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

މަރުވެފައި އޮއްވާ ރޭ ފެނުނު މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ލިބިނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް