މުސްލިމުންނާމެދު ކަން ކުރާގޮތް ކަމަށް ބުނެ ޚާމަނާއީ ކިޔާފައިވާ ފާޑުކިޔުންތަކަށް އިންޑިއާ އިން ރައްދެއް!

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މުސްލިމް މައިނޯރިޓީއާ މެދު އަމަލުކުރާ ގޮތާ ގުޅޭ ގޮތުން އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ދެއްކެވި ވާހަކަތަކަށް އިންޑިއާއިން ރައްދު ދީފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަލީ ޚާމަނާއީ ދެއްކެވި ވާހަކަތަކަކީ ”ދޮގު މައުލޫމާތު ކަމަށާއި އެއީ ބަލައި ގަނެވޭނެ ވާހަކަތަކެއް ނޫން“ ކަމަށެވެ.

ޚާމަނާއީ މި މޭރުމުން ވާހަކަދައްކަވާފައި ވާއިރު އިންޑިއާގެ ހިންދޫ ގައުމިއްޔަތު ސަރުކާރުން މައިނޯރިޓީތަކާ މެދު އަމަލުކުރާ ގޮތާ މެދު މީގެ ކުރިން ވެސް ވަނީ ގިނަބައެއްގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

އެގޮތުން މައިނޯރިޓީތަކާ ބެހޭ ގޮތުން ކޮމެންޓް ކުރާ ގައުމުތައް އެހެން މީހުންނާ ބެހޭ ގޮތުން އެއްވެސް އޮބްޒަވޭޝަނެއް ހެދުމުގެ ކުރިން އަމިއްލަ ރެކޯޑުތައް ހޯދާބެލުމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހޯމަ ދުވަހު ޚާމަނާއީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ”މިޔަންމާ، ޣައްޒާ، އިންޑިއާ، ނުވަތަ އެހެން ތަނެއްގައި މުސްލިމަކު ތަހައްމަލު ކުރަމުންދާ ތަކުލީފުތައް ހަނދާން ނެތިއްޖެ ނަމަ އަހަރެމެންގެ އަމިއްލަ ނަފްސު މުސްލިމުންގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

އިންޑިއާ އާއި އީރާނާ ދެމެދު އޮންނަނީ ރަނގަޅު ގުޅުމެކެވެ. މެއި މަހު އިންޑިއާއިން ވަނީ އީރާނުގެ އިރުދެކުނު އައްސޭރީގައި އޮންނަ އީރާނުގެ ބަނދަރު ތަބަހާރު ތަރައްގީކޮށް ހިންގުމަށް 10 އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ.

އިންޑިއާއިން މި ބަނދަރު ތަރައްގީ ކުރަމުންދަނީ އީރާނާއި އަފްޣާނިސްތާނާއި އޭޝިއާއަށް އެކްސްޕޯޓް ކުރުމުގެ ދޮރެއްގެ ގޮތުގައި ކަމަށާއި، ވާދަވެރި ޕާކިސްތާނުގެ ކަރާޗީ އާއި ގްވާދާރުގެ ބަނދަރުތައް ބައިޕާސް ކުރުމުގެ ފުރުސަތު އިންޑިއާއަށް ލިބިގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް އިންޑިއާ އާއި ކަޝްމީރުގެ މުސްލިމުންނާ ގުޅޭ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ވެސް ޚާމަނާއީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވެރިކަމުގައި މުސްލިމުންނާ މެދު އަނިޔާވެރިކަން އިތުރުވެފައިވާ ކަމަށް އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކުންވެސް ވަނީ ތުހުމަތު ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް