ޓީޗަރުންގެ ދުވަސް ފާހަގަކުރަން ފައިސާ ނުނަގަން އަންގައިފި

Loading

Facebook
Twitter
WhatsApp
ފޮޓޯ:ފޭސް ބުކް

ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބެލެނިވެރިންގެ އަތުން ފައިސާ ނުނަގަން އެޑިޔުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މި އަހަރު ޓީޗަރުންގެ ދުވަސް ސްކޫލުތަކުގައި ފާހަގަ ކުރާނެ ގޮތުގެ އިރުޝާދުތަކެއް ހިމަނާ އެ މިނިސްޓްރީން މިއަދު ހުރިހާ ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އެ ދުވަސް ފާހަގަކުރަން ދަރިވަރުންނާއި ބެލެނިވެރިން އަތުން ފައިސާ ނުނަގަން އަންގާފައެވެ.

ހަމައެހެންމެ އެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުމާ އެކު، ޓީޗަރުންގެ މުހިންމު ކަމާއި ޤައުމު ބިނާކުރުމުގައި ޓީޗަރުންގެ ދައުރު ދަރިވަރުންނާއި މުޖުތަމައުއަށް ފޯރުކޮށްދިނުން ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެގޮތުން އަގުބޮޑު ހަފްލާތަކަށް ވުރެ އިލްމީ އުފެއްދުންތެރި ހަރަކާތްތަކަށް އިސްކަންދީގެން ދުވަސްތައް ފާހަގަކުރުމާއި ޓީޗަރުންގެ ދުވަސް އޮކްޓޯބަރު މަހުގެ 6 އިން 10 އާ ދެމެދު ފާހަގަ ކުރުމާއި ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތައް އެއް ދުވަހެއްގެ ތެރޭގައި ގެންދިއުމަށްއެ މިނިސްޓްރީން ވަނީ ރާއްޖޭގެ ސްކޫލްތަކަށް އަންގާފައެވެ.

ދުވަހުގެ ހަރަކާތްތައް ކޮންމެ ދަންފަޅިއެއްގައި ވެސް 45 މިނެޓަށްވުރެ ދިގު ނުކުރުމަށްވެސް ވަނީ އެދިފައެވެ. އަދި ރަސްމީ ސެޝަންގެ ތެރެއިން ދެ ގަޑިއިރަށްވުރެ ދިގު ނުވާ ގޮތަށް ކުރިއަށް ގެންދިއުމަށާއި ރަށުން ބޭރުގައި ހަރަކާތްތައް ނުބޭއްވުމަށް ވެސް އަންގާފައިވެއެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަކިވަކި ޓީޗަރުންނަށް ހަދިޔާ ނުދިނުމާއި ޓީޗަރުންގެ ގަދަރާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އެ ދުވަހުގެ ހަރަކާތްތައް ހިންގުމަށް ވެސް އިލްތިމާސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް