މުއައްޒަފު ޕޮޒިޓިވް ވިއަސް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ

Loading

Facebook
Twitter
WhatsApp
Maldives News

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުއައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވީނަމަވެސް އެ އިދާރާގެ މަަސައްކަތް އެއިދާރާ ތެރޭގައި ކުރިއަށް ދާނެކެމަށް މަޖިލީހުން ހާމަކޮށްފިއެވެ.

މަޖިލިސް އިދާރާއިން ރޭގަ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާގެ މެއިންޓަނެސް މަސައްކަތް ކުރާ މުއައްޒަފެއް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅަމުންގެންދާކަމަށެވެ.

“ މިގޮތުން ކޮންޓްރެޓް ޓްރޭސިންގ ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން“ ނޫސް ބަޔާނުގައި ވެއެވެ.

ކޮވިޑާއި ގުޅިގެން މަޖިލީހުގެ މަސައްކަތް ހުއްޓުމަށް ފަހު އަލުން އެ އިދާރާގެ މަސައްކަތް ފެށި އިރުވެސް މިފަދަ ކަމެއް ދިމާވެދާނެ ކަމަށްބަލާ ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށާއި މަޖިލީހުގެ މަސައްކަތް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ އެ އިދާރާގެ އަމާޒުކަމަށް އެ ބަޔާނުގައި ވެއެވެ.

ކޮވިޑްގެ ބަލިމަޑުމަކާއި ގުޅިގެން މާލެ ލޮކްޑައުންގައި ވަނިކޮށް އެ އިދާރާއިންވަނީ މަޖިލީހުގެ ޖަލްސާތައްވެސް ބާއްވަން ފަށާފައެވެ. މި ޖަލްސާތަކުގައި މަޖިލިސް މެންބަރުން ގައިދުރުކަން އޭގެ އންމެ އެދެވޭ ގޮތުގައި ނުގެންގުޅޭތީ ގިނަބައެއްގެ ފާޑުކިއުން މަޖިލީހަށް ވަނީ ކުރިމަތިވެފައވެ.

 

Loading

One Response

  1. ޔޭސް އޯކޭ ވާނެ. ތި މަޖިލިސް ނާޗަރަންގީ ކުރިޔަށް ގެންދަވާތި. ތީ ތަނަކީ. ފާޚާނަ ތަށް ސާފުކުރާނެ ގޮތް ބުނެދޭނެ ބިލެއްވެސް ފަރުމާކުރަށްވަން ހުށަހަޅުއްވަވާ!

Leave a Reply to ފަރޫޝް ޙަސަން Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް