ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް އަޙުމަދުގެ ނަން ސަރުކާރުން ހުށައަޅުއްވައިފި

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަޤާމުގައި މި ވަގުތު ހުންނެވި އަޙުމަދު އަލީ ޙަބީބް އައްޔަނު ކުރެއްވުމަށް، ސަރުކާރުން ނަން ހުށައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް
އަޙުމަދު އަލީ ޙަބީބް އައްޔަން ކުރެއްވުމަށް، އޭނާގެ ނަން ސަރުކާރުގެ ފަރާތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓޭޝަން ބޯޑަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެގޮތުން އަޙުމަދު އަލީ ޙަބީބަކީ އެ މަޤާމަށް ތަޢުލީމީ ޤާބިލު ބޭފުޅެއްކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ އަހްމަދު އަލީ ހަބީބް އަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ ޗާޓަރޑް އެކައުންޓެންޓެއް ކަމަށެވެ.

މީގެ އިތުރުން އަޙުމަދު އަލީ ޙަބީބް ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ ބޯޑުގެ ޑިރެކްޓަރުގެ މަޤާމާއި އަދި އެކްޓިން ޗެއަރމަންގެ މަޤާމު ދެ ދައުރު ފުއްރުއްވާފައި ކަމަށާއި އެހެންކަމުން ޙަބީބަކީ ބީއެމްއެލްގެ ޗެއަރމަންގެ މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ޤާބިލު ބޭފުޅަކަށް ވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޗެއާމަންކަމަށް އަހްމަދު އަލީ ހަބީބްގެ ނަން ސަރުކާރުން ހުށަހަޅާފައި ވާއިރު ބީއެމްއެލްގެ އެކްސްޓާ އޯޑިނަރީ ޖެނެރަލް ބައްދަލުވުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބީއެމްއެލްގެ ބޯޑުގައި ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ 3 މެންބަރުން ހިމެނޭހެން 11 މެންބަރުން ތިއްބަވައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް