ރަޝިޔާ ސިފައިން ކުރިއަރަމުންދާއިރު ޔޫކްރެއިން ސިފައިން މިތިބީ ދެކޮޅަށްދުވާ  ބޯވާދިލަމަހަށްވެފައި

Loading

Facebook
Twitter
WhatsApp

އިރުމަތީ ޔޫކްރެއިނުގެ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ކުރިއަރަމުންދާއިރު ޔުކްރެއިންގެ ސިފައިންނަށް ހުރިހާ ދިމާއަކުން މަގު ބަންދުވަމުންދާ ކަމަށް ބީ ބީ ސީގެ  ޚަބަރުގައި ބުނެފިއެވެ. ޔޫކްރެއިން ސިފައިންގެ އޮފިސަރަކު ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ޕޮކްރޮވުސްކްގެ ދެކުނު ބޯރޑަރ ލައިން ސަރަހައްދުގައި ހުރެފާ ބީ ބީ ސީ އަށް ކިޔާދީފައިވަނީ  ޔޫކްރެއިން ސިފައިންނަށް ކުރިމަތިލާން ޖެހިފައިވަނީ ބަޔާންކުރަން ދަތި ހާލަތެއް ކަމަށެވެ. ރަޝިޔާގެ ސިފައިން މިހާރު ތިބީ ޕޮކްރޮވުސް ސިޓީ ވަށާލައިގެންނެވެ. ޔޫކްރެއިން ސިފައިންނަށް ބޭނުން އެއްވެސް ވަސީލަތެއް ޕޮކްރޮވުސްކުގެ މަގުންލާފާ ނޫނީ ފޯރުކޮށްދެވޭ ކަށް ނެތެވެ. އޮފިސަރ ކިޔާދީފައިވާ ގޮތުގައި ޔޫކްރެއިންގެ ލީޑަރޝިޕުން ބޭނުންވަނީ ކޮންމެފަދަ އަގެއް އަދާކުރަން ޖެހުނަސް ސިފައިންގެ މަގާމުން ދުރަށް ނުދިއުމަށެވެ. ނަތީޖާއަކަށްވެގެންމިދަނީ އެތައްބަޔަކު މަރުވެ ކޮންމެ ދުވަހަކު އިތުރު ސަރަހައްދުތައް ރަޝިޔާގެ ބާރުގެ ދަށަށް ދިއުމެވެ. މިހާރު ގެއްލިފައިވާ އެއް ސަރަހައްދަކީ ނެވެލްސްކީ އާއި ހިރްނީކާއި ކްރާސްނޯހޮރިވްކާ ދެކުނުން ޕޮކްރޮވުސްގެ ސަރަހައްދެވެ.  

                                             

އަހަރެމެންގެ ސިފައިން ޑޮނެސްކާ ދިމާލަށް ކުރިއަށް ޖެހުމުގެ ޕްލޭނެއް ނެތެވެ. އެހެންވީއިރު ނެވެލްސްކީ ކައިރީގައި ތިބެގެން ހިރްނީކް ރަޝިޔާގެ ސިފައިން ބާރުގެ ދަށަށް ދާތަން ބަލަން ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ އޭގެ ބަދަލުގައި ހިރްނީކަށް ދިއުމުން ލިބޭނެ ފައިދާ ބޮޑުވާނެ ކަމަށްވެސް އެ އޮފިސަރު ކިޔާދިނެވެ.  ދުޝްމަނުންގެ ސިފައިންގެ އަދަދު ގިނަވެފާ އިތުރު ވަސީލަތްތައްވެސް ހުރުމާއެކު މިހާރު ޔޫކްރެއިން ސިފައިންގެ ރޭވުންތެރިކަމަކީ ސުމެކެވެ. 

މިސާލަކަށް ޑޮނެސްކް ސަރަހައްދަށް ބަލާ ބަލާށެވެ. ބޯވާދިލަމަހެކޭ ޔޫކްރެއިން ސިފައިން ތަފާތެއް ނެތެވެ. ދެކޮޅަށް ދުވެ ދުވެ ތިބެނީއެވެ. އެ ސަރަހައްދު ދިފާއުކުރަން މިހާރު ތިބި ލަޝްކަރީން ނުފުދެއެވެ. އިތުރު އޮބްޒާރވޭޝަން ޕޯސްޓްތަކާއި މާގިނަ ސިފައިން ބޭނުން ވެއެވެ. ރަޝިޔާ ސިފައިން އެ ގެންދަނީ ހުރިހާ ދިމާއަކުން ހަމަލާ ދެމުންކަން އެނގެންޖެހޭނެއެވެ.

ޑީޕް ސްޓޭޓް މެޕްގެ ކޯ-ފައުންޑަރ އަދި މުހައްލިލު ރޯމަން ޕޮހޮރިލީ ބުނެފައިވަނީ ރަޝިޔާ ސިފައިން އައިސް ހުރިހާ ފަރާތަކުން ޔޫކްރެއިން ސިފައިން ވަށާލާފާނެތީ މިހާރު ނެވެލްސްކީ އަވަށުން މީހުން ފައިބައިގެން ހިނގައްޖެއެވެ. އޭގެ ސަބަބުން ނުރައްކާތެރި މަޅިއަކުން ސަލާމަތް ވުމުގެ ފުރުސަތު ޔޫކްރެއިން ސިފައިންނަށް ހުޅުވިގެން ދިޔައީއެވެ. އެހެންނަމަވެސް ބީ ބި ސީ އަށް މައުލޫމާތު ދިން އޮފިސަރ ދެކޭ ގޮތުގައި އެއީ މާކުރިންވެސް ކުރަން ޖެހިފާ އޮތް ކަމެކެވެ. 

ރަޝިޔާ ސިފައިން މިހާރު ކައިރިކުރަމުން ގެންދަނީ ޕޮކްރޮވުސްކުގެ 35 ކިލޯމީޓަރ ކައިރީގައި އޮންނަ ކުރާޚޯވް ސިޓީއާ ދިމާލަށެވެ. ޔޫކްރެއިން ސިފައިންވެސް ބުނެފައިވަނީ އެ ސަރަހައްދުގެ ހަމަލާތައް ވަރަށް ނުރައްކާތެރި ކަމަށެވެ. ޔޫކްރެއިންގެ 59 ވަނަ ބްރިގޭޑްގެ މޭޖަރ ސަރްހީ ސެޚޯޓްސްކީ ބުނެފައިވަނީ ރަޝިޔާގެ ސިފައިން ބޭނުންވަނީ ހުރިހާ ދިމާލަކުން ޕޮކްރޮވުސްކް ބައްދާލުމަށްފަހު އެ ސިޓި ބިމާ ހަމަކޮށްލުމަށެވެ. އަދި 110 ވަނަ ބްރިގޭޑުގެ ލެފްޓިނެންޓް ކާނަލް އޯލެހް ދެމްޔާނެންކޯ ބުނެފައިވަނީ އިތުރު އެކި ދިމަ ދިމާލުންވެސް ރަޝިޔާ ސިފައިން ޕޮކްރޮވުސްކާއި ކައިރިކުރަމުން އަންނަ ކަމަށެވެ.  އަދި ފެންނަ ފެނުމަށް ރަޝިޔާ ސިފައިންގެ ދެވަނަ އަމާޒަކީ ދެކުނުން ކުރާޚޯވް ސިޓީއެވެ. 

ޔޫކްރެއިންގެ 33 ވަނަ ބްރިގޭޑުން ނަޒަރް ވޯއިޓެންކޯވް ބުނެފައިވަނީ ކުރާޚޯވް ސިޓީ އަކީ އުސްތަންތަން ވަރަށް މަދު ހާމައަށް އޮންނަ ސަރަހައްދަކަށްވީމާ އެ ސަރަހައްދު ދިފާއު ކުރުމަށާއި އަދި އަރާގަންނަން އަންނަ ބަޔަކަށްވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ރަޝިޔާ ސިފައިންވެސް ހަދާގޮތަކީ ސިއްރު ސިއްރުން ދެ ތިން މީހަކު ފޮނުވުމަށްފަހު އަމާން ސަރަހައްދެއް ފާހަގަ ކޮށްފައި ދެން އިތުރު ސިފައިން ގެނެސް އަހަރެމެންގެ ލަޝްކަރަށް ހަމަލާ ދެނީއެވެ.

ޔޫކްރެއިން ސިފައިންގެ ފްރަންޓް ލައިނުން ބީ ބީ ސީ އަށް މައުލޫމާތު ދިން އޮފިސަރ ދެކޭގޮތުގައި ރަޝިޔާ ސިފައިންގެ ކިބައިން ޕޮކްރޮވުސްކާއި އަދި މުޅި ޑޮންބަސް ސަރަހައްދު ދިފާކުރެވޭނެ އޮތީ ހަމައެކަނި އެންމެ ގޮތެކެވެ. އެއީ މީގެ އަހަރެއްހާ ދުވަހު ކުރިން ޔޫކްރެއިންގެ ސިފައިން ބަޚްމުތު ޝަހަރު ދިފާއުކުރި ގޮތެވެ. ފަހަތަށް ޖެހުމުގެ ކުރިން ބަޚްމުތެކޭ އެއްގޮތަށް ޕޮކްރޮވުސްކް އެއްކޮށް ވީރާނާ ކޮށްލުމެވެ. އެތައްބަޔަކު މަރުވެގެންވެސް ދާނެއެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް