ނުރައްކާތެރި ފައިދިގު މަކުނެއް ދަތް އެޅި ތަނެއް ގޯސްވެ އެތަނުން މަސްވިރެން ފަށައިފި

Loading

Facebook
Twitter
WhatsApp

އިނގިރޭސި ރައްޔިތެއްކަމަށްވާ ނައިޖެލް ހަންޓް ކިޔާ މީހެއްގެ ބަނޑުގައި ނުރައްކާތެރި ފައިދިގުމަކުނެއް ދަތް އެޅިތަނެއް ގޯސްވެ، އެތަނުން މަސްވިރި ވަޅު ހެދުނު ކަމަށް ޚަބަރުލިބެއެވެ. އުމުރުން 59 އަހަރުގެ ނައިޖެލް އަށް މިކަން ކުރިމަތިވީ އައިލްސް އޮފް ސިސިލީގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮން ކަމަށް ވެއެވެ. ފައިދިގު މަކުނު ހެފުމަށް ފަހުވެސް އެއީ މާބޮޑު ކަމަކަށް ނުހަދާ އޭނާ އާދައިގެ މަސައްކަތުގައި އުޅުނު ކަމަށް ވެއެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން އޭނާ ހޮޑުލާ ބަލިވި ކަމަށާ މަކުނު ހެފިތަން ބޮޑުލޯވަޅަކަށް ބަދަލުވެފައިވާތަން ފެނުނު ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ހޮސްޕިޓަލަށް ގެންގޮސް ހެދި ތަހުލީލުތަކުން އެނގިފައިވާ ގޮތުގައި އޭނާޔަށް ވަނީ ”ފްލެޝް އީޓިންގ ޑިޒީސް“ ނުވަތަ މަސް ވިރިގެންދާ ބަލި ޖެހިފައެވެ. މިހެން ދިމާވަނީ ހަންގަނޑުން ކެނޑޭ ތަންތަން ބެކްޓީރިޔާ އިން އިންފެކްޓް ވެގެން ކަމަށް ވެއެވެ. މިފަދަ ތަންތަނުގައި އަށަގަންނަ ބެކްޓީރިޔާ ވަރަށް އަވަހަށް އިތުރު ވަމުން ދާއިރު ބެކްޓީރިޔާ ދޫކުރާ ވިހަ މާއްދާއެއްގެ ސަބަބުން ފާރުގަނޑުގެ ވަށައިގެންވާ ޓިޝޫތަކާ މަސްތައް ވިރުވަމުން ދާކަމަށް ވެއެވެ.

މިކަމަށް ފަރުވާއެއްގެ ގޮތުން ކުރަންޖެހޭ ކަމަކީ އިންފެކްޓްވީ ތަން ކަފާފަނެގުން ކަމަށްވެއެވެ. ނައިޖެލް އަށް ކުރިމަތިވި ހާދިސާގައިވަނީ އޭނާގެ ބަނޑުން ތަންގަނޑެއް ކަނޑައިގެން ނަގާފައެވެ.

އޭނާ ފަރުވާ ހޯދުން ލަސްކުރިނަމަ އެކަމުގައި މަރުވުންވެސް އެކަށީގެންވާކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެއެވެ.އަދިވެސް ”އޯލް ކްލިއަރ“ ނުލިބޭ ކަމަށާ ކޮންމެ ދެތިން ދުވަހުން އެއްދުވަހު ފާރުގަނޑުގައި ބޭސް އަޅަން ޖެހޭ ކަމަށް އޭނާ ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް