ޒިމްބާބުވޭގައި އެތްތައް ބަނޑަށް ޖެހެމުންދާތީ 200އެތް ކަތިލަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ޒިމްބާބްވޭ އަށް އާދަޔާޚިލާފް ހަނަފަސްކަން ކުރިމަތިވެފައިވުމުގެ ސަބަބުން އެތުގެ އާބާދީއަށް ބޭނުންވާ ކާތަކެތި ނުލިބޭތީ އެތްތައް މަރުވަމުންދާކަމަށް ޚަބަރުލިބެއެވެ.މިކަމާގުޅިގެން 200 އެތް ކަތިލުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
އެގައުމުގައި އެތުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެފައި ވުމާއިއެކު މިގޮތަށް އެތްތައް މަދުކޮށްލުމުން އާބާދީ ކޮންޓްރޯލް ކުރުމަށް ފަސޭހަވާނެ ކަމަށް ވައިލްޑްލައިފް އޮތޯރިޓީން ބުނެފައިވެއެވެ.


ބުދަދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޒިންބާބްވޭގެ ތިމާވެއްޓާބެހޭ ވަޒީރު ވިދާޅުވެފައިވަނީ ޒިމްބާބްވޭއަށް ބޭނުންވާވަރަށް ވުރެ މިހާރު އެތް ގިނަވެފައިވާކަމުގައެވެ. އެހެންކަމުން ޒިމްބާބްވޭގެ ޕާކްތަކަށާ އަދި ވައިލްޑްލައިފް އޮތޯރިޓީ އަށް އެތް ކަތިލަން އަންގާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަރާނެ އެތް ކަނޑައަޅާނީ މީހުންނަށް ހަމަލާދޭ ސަރަހައްދު ތަކުންނާ އަދި ހަނަފަސްކަން ބޮޑު ސަރަހައްދު ތަކުން ކަމަށް ސަރުކާރުން ބުނެއެވެ.
ޒިމްބާބްވޭގައި އެއްލައްކައެއްހާ އެތުގެ އާބާދީ އެއް އޮންނަކަމަށް ޚަބަރުލިބެއެވެ. ޒިމްބާބްވޭއަކީ ބޮޓްސުވާނާ އަށްފަހު ދުނިޔޭގައި ދެވަނަޔަށް އެންމެ އެތް ގިނަ ގައުމެވެ.
ޒިމްބާބްވޭގައި އެތުގެ އާބާދީ ކޮންޓްރޯލް ކުރުމަށް އެންމެ ފަހުން އެތް ކަތިލާފައިވަނީ 1988ވަނަ އަހަރުއެވެ.
އަވަށްޓެރި ނެމީބިޔާ އިންވެސް މިމަހުބުނެފައިވާ ގޮތުގައި ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން 700އެއްހާ ވަލުޖަނަވާރު ކަތިލައިގެން ނައްތާލުމަށް ވަނީ ހަމަޖެހިފައެވެ.މީގެތެރޭގައި 83 އެތް ހިމެނޭކަމަށް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް