ޑޮނަލްޑް ޓްރަމްޕް އަވަހާރަ ކޮށްލުމަށް ދެވަނަ ހަމަލާއެއް ދޭން އުޅެފި

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް ދެވަނަ ހަމަލާއެއް ދޭން އުޅުނު ކަމަށް ބެލެވިގެން ޓްރަމްޕަށް ޚާއްސަ ހިމާޔަތް ދެވިއްޖެ ކަމަށް ޚަބަރުލިބެއެވެ.މިކަން ހިނގާފައިވަނީ ފްލޮރިޑާ ގައި ހުންނަ ޓްރަމްޕް އިންޓަރނޭޝަނަލް ގޮލްފް ކްލަބާ ކައިރީގައި ފްލޮރިޑާ އަށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި،ރާއްޖެޔަށް މިއަދު ހެދުނުގެ ވަގުތެއްގައެވެ.


އެފްބީއައި ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާ ހުރީ ޓްރަމްޕް އެވަގުތު ގޮލްފް ކުޅުއްވަން ހުންނެވި ގޮލްފް ކޯސް ގެ ފެންސެއް ކައިރީ، ޓްރަމްޕްއާ 400ސަތޭކައެއްހާ ފޫޓު ދުރުގަ ކަމަށް ވެއެވެ. އޭނާ ޓްރަމްޕްއާ ދިމާލަށް ރައިފަލެއް ދިއްކޮށްގެން ހުރިތަން ފެނި ސެކިއުރިޓީ ސަރވިސް އޭޖެންޓުން އޭނާއަށް ހަމަލާދިނެވެ. އެއާއެކު އޭނާ އެތަން ދޫކޮށް ދުވެފަ ނިކުމެ ކަޅުކުލައިގެ ކާރަކަށް އަރައިގެން ފިލަން ދުއްވި ކަމަށް ވެއެވެ. ނަމަވެސް އޭޖެންޓުން ވަނީ އޭނަހިފަހައްޓާ ހައްޔަރު ކޮށްފައެވެ.
ރިއާން ރޫތު ނަމަކަށް ކިޔާ، ހަމަލާދޭން އުޅުނު މީހާ ހުރިތަނުން ފުލުހުން ވަނީ ދެބެކްޕެކް ދަބަހާ ރައިފަލެއް އަދި ގޯޕްރޯ ކެމެރާއެއް ހޯދާފައެވެ. އޭނާ ހަމަލާ މަންޒަރު އަމިއްލަޔަށް ވީޑިއޯ ކުރަން މަސައްކަތް ކުރިކަމަށް ބެލެވޭ ކަމަށް ސެކިއުރިޓީ އޮފިޝަލުން ބުނެފައިވެއެވެ.
ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް މިއަދު ދެވަނަ ހަމަލާއެއް ދޭން އުޅެފައިވާއިރު މިދިޔަ ޖުލައި މަހު ވަނީ އެފަދަ ހަމަލާއެއް ދީފައެވެ.
މިއަދުގެ ހާދިސާއާއި ގުޅިގެން އެމެރިކާ އަދި ބޭރުގެ ފަރާތްތަކުން ދަނީ ހަމްދަރުދީގެ މެސެޖްތައް ފޮނުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް