ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެރޭނެއް ފުރޮޅާލައިފިއެވެ.
ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޓަވަރުތަކާއި ދޭތެރޭގައެވެ.
ފުލުހުން ބުނީ ހުޅުމާޅެ ފޭސް ދޭއްްގައި ކެރޭނެއް ފުރޮޅާލައިގެން އުޅޭ ކަމުގެ ރިޕޯޓެއް މިއަދު ލިިބިފައިވާ ކަަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
ސޯޝަލް މީޑިއާގައި މި ހާދިސާގެ ފޮޓޯތައް މިހާރު އަންނަނީ ދައުރުވަމުންނެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އެ ސަރަހައްދުގައި ހުރި އެއްޗެހިތަކެއް ނަގަން އުޅުމުގެ ތެރޭގައެވެ.