ކޮންމެ މީހެއްގެ ފުށުންވެސް ފިލާވަޅެއް ލިބިދާނެއެވެ.

Loading

Facebook
Twitter
WhatsApp


ކުޑަ އަންހެން ކުއްޖަކު އެއްދުވަހަކު ގޭގޯތި ތެރޭގަ ހުރި އާފަލު ގަހަކުން ދެއާފަލު ބިނދެލައިގެން ގެޔަށް ވަނެވެ. އަދި މަންމަޔަށް ދައްކާލުމަށްފަހު ބުންޏެވެ. މިއޮއްރީތި ދެއާފަލު ބަލާބަލާށެވެ.މަންމަ ބުންޏެވެ. އާން ތީވަރަށް ރީތި ދެއާފަލެވެ. މަންމަޔަށް އެއްއާފަލު ދޭނަން ހެއްޔެވެ؟ އެވަގުތު ކުއްޖާ އާއެކޭ ބުނުމަށްފަހު ދެއަތުގަ އޮތް ދެއާފަލަށް ބަލާލިއެވެ.އަދި އެއްފާލުގަ ދަތް އަޅާ ކުޑައެތި ކޮޅެއް ކާލިއެވެ.އެއަށްފަހު ދެވަނަ އާފަލުގަވެސް ދަތް އަޅާ އެތިކޮޅެއް ކާލިއެވެ.


އެވަގުތު މަންމަ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ.މިއީ ހާދަ ދަހި ކުއްޖެކެވެ. މިއީ އަހަރެންނަށް މިދަރިފުޅު ތަރުބިއްޔަތު ކުރެވުނު ގޮތް ހެއްޔެވެ؟ އަހަރެންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟އަހަރެން ގައިމު ބަލަމުން މިއަންނަނީ ވީހާވެސް ރަގަޅަށް ކަންތައްތައް ކުރެވޭތޯއެވެ.އެކަމަކު މިހާރުވެސް ބަލާށެވެ. އަހަރެންނަށް އެކަތި ދޭށޭ ބުނީމަ ދޭތީގަވެސް ދަތް އަޅާ އެކާލީއެވެ.
އެވަގުތު އެކުޑަކުއްޖާ އާފަލަކާއެކު އެއްއަތް މަންމައާއި ދިމާލަށް ދިއްކޮށްލަމުން ބުންޏެވެ.މަންމަ އަށް މިއާފަލެވެ. މީތި މާ ފޮނިވެފަ މީރެވެ.
އެވަގުތު މަންމައަށް ވަރަށް ފުން އަސަރެއް ކުރިއެވެ. އޭނާގެ ދަރިފުޅުގެ ކިބައިގައި އެފަދަ މާތް ސިފަތައް ހުރެދާނެކަމަށްވެސް ނުބަލާ ދަރިފުޅާ މެދު އެހާ ގޯސް ގޮތަކަށް ހީކުރެވުނީމައެވެ.އަދި ދެލޮލުން ކަރުނަ އައިސް ދަރިފުޅު ކައިރިޔަށް ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ.
މިގޮތަށް ދަރިފުޅު ކައިރިޔަށް ގެނެސް ގަޔާލާ ބޮނޑިކޮށްލުމަށް ފުރުސަތު ނުލިބި އެދުވަސް މާޒީއަށް ގޮސްފައިވާ ކިތަންމެ މަންމައިންނެއް ތިބޭނެކަން ޔަގީނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް