ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފި

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ(ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި އެވެ.

އެގޮތުން ޑަބްލިޔުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާ އެ ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ޓެސްޓް ކިޓުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމްޕޮކްސް އަށް ޓެސްޓް ކުރާނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކަމަށެވެ. ނަމަވެސް އެމްޕޮކްސް އަށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ސާމްޕަލްނެގޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. 

މި ބަލި އެންމެ ފުރަތަ ފެނިފައި ވަނީ ޖަނަވާރުންގެ ކިބައިން ނަމަވެސް މިދިޔަ 50 ވަރަކަށް އަހަރު މި ބަލި އިންސާނުންގެ ކިބައިންވެސް ވަނީ ފެނިފައެވެ. މި ބަލި އެފްރިކާގެ ބައެއް ޤައުމުތަކުގައި ފެތުރެން ފެށުމާއެކު ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ވަނީ 14 އޮގަސްޓް 2024 ގައި ސިއްޙީނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް