ހުޅުމާލެ ދެވަނަ ފިޔަވަހިން ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަނީ  

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ފްރޮންޓާއި ބީޗް ސައިޑުން 16 ބިމެއް ވިއްކަން ނިންމާ އެޗްޑީސީން އެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަމައެކަނި 18 އަހަރުން މަތީގެ ދިވެހިންނަށް ކުރިމަތިލެވޭނެހެން އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ބީޗް ފްރޮންޓުން ވިއްކަނީ 1،096 އަކަފޫޓާއި 3،252 އަކަފޫޓާ ދެމެދުގެ ބިން ކަމަށެވެ.

މިގޮތުން އެ ތަންތަން ވިއްކަނީ އަކަފޫޓެއް 4،500ރ. އަށް ކަމަށާއި ބީޗް ފްރޮންޓުން ވިއްކާ ގޯތީގެ ޖުމްލަ އަގު އުޅޭނީ 4.9 މިލިއަން ރުފިޔާ އާއި 14.6 މިލިއަން ރުފިޔާއާ ދެމެދުގައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން ބީޗު ސައިޑުން ގޯތި ވިއްކަނީ 1،441 އަކަފޫޓާއި 3،380 އަކަފޫޓާ ދެމެދުގެ އަގެއްގައި ކަމަށާއި ބީޗް ސައިޑުން ބިން ވިއްކަނީ އަކަފޫޓެއް 4،000ރ. އާ ދެމެދުގެ އަގެއްގައެވެ. އެ ތަންތަނުގެ އަގު އުޅެނީ 5.8 މިލިއަން ރުފިޔާ އާއި 13.5 މިލިއަން ރުފިޔާ އާ ދެމެދުއެވެ.

އެޗްޑީސީން ބުނީ ބިންތަކުގެ މައުލޫމާތު އެޗްޑީސީގެ އޮންލައިން ބިޑް ޕޯޓަލް މެދުވެރިކޮށް ލިބެންހުންނާނެ ކަމަށެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް