ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކަމުންދަނީ ބޮޑު އަގުގައި، އެކަން ހުއްޓުވަން އަންގާފައި ވާނެ:ރައީސް

Loading

Facebook
Twitter
WhatsApp

ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް މިހާރު ބާޒާރުގައި ވިއްކަމުންދަނީ ވަރަށް ބޮޑު އަގުގައި ކަމަށާއި އެކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އަންގަވާފައި ވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މީސްމީޑިޔާ މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ކުރެއްވި ޕޯސްޓުގައި ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 އިންސައްތައިން ފެށިގެން 2000 އިންސައްތައާއި ދެމެދުގެ ފައިދާއެއް ލިބޭ މިންވަރުގައިކަން ފާހަގަކުރައްވާފައި ވެއެވެ. ހަމައެހެންމެ މިކަމަށް ފިޔަވަޅު އެޅުމުން ބޭހުގެ ބާޒާރުގެ އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމުގައި ރައީސް ފާހަގަކުރައްވާފައި ވެއެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާން ކުރެވޭނެ ކަމުގައި ވެސް މި ޕޯސްޓުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ.

Loading

2 Responses

  1. ތީ މިހާތަނަށް އެއްވެސް ސަރުކާރަކުން ކުރެވިފަ ވާކަމެއް ނޫން. ބޭހުގެ ކަންތަށް ހަރުދަނާ ގޮތެއްގައި ކުރެވޭނީ ސަރުކާރުން ބޭސް އެތެރެކޮށް ރައްޔިތުންނަށް ފޯރުކޮށްދެވިގެން. ޑޮކްޓަރ ލިޔެދެއްވާ ބޭސް ތަކުގެ ބްރޭންޑުވެސް ބަދަލުވެ މީވެސް ސޭމް މެޑިސިން އޭބުނެ މީހުންނަށް ދެމުން އެދަނީ. އާސަންދަ އޮތީމާ ބޭނުން އަގެއް ޖަހައި ފައިސާ ނަގަމުން ދަނީ. އާސަންދަ ބޭސް ދޫކުރުން ސަރުކާރުގެ ފާމަސީ ތަކަށް އެކަނި ހަމަޖެއްސުން އެއީ ހަމަ ރަނގަޅުކަމެއް. އަދި ކްލިނިކް ތަކުން ޑޮކްޓަރުންނަށް ކޮންސަލްޓޭޝަންގެ ގޮތުގަ ބޮލަކަށް ނަގަމުން ދާ ބޮޑު އަގު ވަނީ ހައްދު ފަހަނަ އަޅާފަ.

  2. Mikamaa fiyavalheh neylhigen ulhey sababakee kobaabaa. Minahvuren bodah corruption fethuruneema hamaigai human ekakuves nuhunnaane. Enmen thibeynee hudhu hedhumuga vahkan kuraan. Beys gannan libey agu eba engey. 2000 percent faidhaa laafa vikkumah huhdha dhenee kon baehkan ves engey. Ekamaku elheyne fiyavalheh neyngey.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް