ޔޫކްރެއިނުން ރަޝިޔާގެ ކާރސްކަށް އަރައިގަތުމަކީ މޮޔަކަމެއް

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ޔޫކްރެއިނުން ރަޝިޔާގެ ކާރސްކަށް އަރައިގަތުމާ ބެހޭގޮތުން ނެކްސްސްޓާރ ޑޮޓް ކޮމް އިން ތައްޔާރުކޮށްފައިވާ ރިޕޯރޓެކެވެ. ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައަކީވެސް ދިގުދެމިގެންދާ ހަނގުރާމައަކަށްވެފައި އެކަމުގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔޭގެ އިގްތިސާދު ގެންދަނީ ނޭންގުމެއްގެ ތެރެއަށް ވައްޓާލަމުންނެވެ.

                                            

މި ރިޕޯރޓުގެ އަސާސް ކަމުގައި ބަލައިފައިވާނީ ހަނގުރާމައާއިބެހޭ ތަޖުރިބާކާރު ފިލޯސަފަރ ވޮން ކްލޯޒްވިޓޒް ތަޢާރުފް ކޮށްދީފައިވާ ސެންޓަރ އޮފް ގްރެވިޓީއެވެ. 

ހަނގުރާމައެއްގައި ސެންޓަރ އޮފް ގްރެވިޓީއަކީ ހުރިހާ ބާރަކާއި މޫވްމެންޓްތަކެއް ޖަމާވެފައި އޮންނަ ދާއިރާއެވެ. އެއީ ހުރިހާ ހަކަތައަކާއި ބާރެއްފެށިގެން އަންނަ ދިމާލެވެ. ސިޔާސީ ބޭފުޅުންނާއި މިލިޓްރީގެ އިސް ފަރާތްތަކުން ހަމަ މީހަކު ބުނާއިރަށް ޒުވާބު އުފެދިގެން އުޅޭ ސަރަހައްދުން ބޭރަށް ސިފައިން ފޮނުވުމަކީ މޮޔައަކު އަތަށް ކަނޑި ދިނުންފަދަ ކަމެކެވެ. ލަފާކުރެވޭ ގޮތުގައި ރައީސް ޒެލެންސްކީއާއި ޔޫކްރެއިންގެ ކޮމާންޑަރ-އިން ޗީފް އޮފް އާރމްޑް ފޯސަސް ހަނގުރާމައިގެ ތަޖުރިބާކާރުން ލިއުއްވާފައިވާ އެއްވެސް ލިއުމެއް ކިޔާފައެއް ނެތެވެ.       

ޔޫކްރެއިންގެ ސިފައިން ކާރސްކަށް އަރައިގަތުމަކީ މޮޔަ އަކު އަތަށް ކަނޑިދިނުންފަދަ ކަމެކޭ ބުނެވެނީ ޔޫކްރެއިންގެ ހުރިހާ މިލިޓްރީ ހަކަތައެއް އެއޮތީ ޔޫކްރެއިންގެ މުހިންމު ޑޮނެސްކް ސަރަހައްދު ދޫކޮށްލާފައި ރަޝިޔާގެ ސިފައިންނާ ދުރަށް ގެންގޮސްފައެވެ. ނަތީޖާއަކަށް މިވީ ޔޫކްރެއިންގެ މުހިންމު ސިޓީއެއް ކަމުގައިވާ ޕޮކްރޮވުސްކް އަށް ރަޝިޔާ ސިފައިން ކުރިއަރަމުން ދިއުން ހުއްޓުވޭނެ ގޮތެއް ނެތިގެން ދިއުމެވެ. މިވަގުތު ސެންޓަރ އޮފް ގްރެވިޓީ ކަމުގައި ބެލެވޭ ޕޮކްރޮވުސްކް އެއޮތީ ހާމަޔަށް ހުޅުވާލަދީފައެވެ. 

ޔޫކްރެއިނުން ހީކޮށްގެންތިބީ ކާރސްކް ސަރަހައްދަށް ޔޫކްރެއިނުން އަރައި ގަތުމުން ރަޝިޔާގެ ސިފައިން އެކި ދިމަދިމާލަށް ބައިބައި ވެގެންދާނެ ކަމަށެވެ. އެކަމަކު އެއީ ހެދުނު ވަރަށްބޮޑު ގޯހެއްކަން ޔޫކްރެއިން މިލިޓްރީންވެސް މިހާރު މިއޮތީ ގަބޫލުކުރަން ޖެހިފައެވެ. ޔޫކްރެއިނުން ކާރސްކަށް އަރައިގަތުމަކުން ރަޝިޔާ ސިފައިންގެ އަމާޒަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ޕޮކްރޮވުސްކް އަކީ ޑޮނެސްކް ސަރަހައްދުގެ އެންމެ މުހިން އެއް ސިޓީއެވެ. އަދި އެއީ ރެއިލްވޭ ސްޓޭޝަންތަކާއި އިރުމަތީ ސަރަހައްދުގައި ތިބޭ ޔޫކްރެއިން ސިފައިންނަށް ފޯރުކޮށްދޭންޖެހޭ ހުރިހާއެއްޗެއް ގެންދަންޖެހޭ މައިމަގު މަތީގައި އޮންނަ ސިޓީއެކެވެ. ރަޝިޔާގެ ބާރުގެ ދަށަށް އެ ސަރަހައްދު ހިނގައްޖެނަމަ އެ ހުރިހާ ހަރަކާތެއް ހުއްޓުމަކަށް ގެންނާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ޑޮނެސްކް ސަރަހައްދު ދިފާއުކުރަން މަސައްކަތްކުރާ ޔޫކްރެއިން ސިފައިންނަށް ޕޮކްރޮވުސްކްގެ ތެރޭންލާފައި ހަމަ އެކައްޗެއްވެސް ނުލިބުމެވެ. ސަޕްލައި ލައިން ބަންދުވެގެން ދާނީއެވެ. 

ޕޮކްރޮވުސްކް ގެއްލުމަކީ ޔޫކްރެއިނަށް ޑޮނެސްކް ސަރަހައްދު ގެއްލުން ކަމަށްވެސް ސިފަކުރެވި ދާނެއެވެ. ޔޫކްރެއިން ސިފައިންނަށް ބޭނުންވާ ރި-އިންފޯރސްމެންޓާއި ހަތިޔާރާއި އަދި އެހެނިހެން ސަޕްލައި ލައިން އޮތީ ޕޮކްރޮވުސްކްގެ މަގުންނެވެ. ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް އެ ސަރަހައްދު އައުމާއެކު އިރުމަތީ ޔޫކްރެއިނުން އިތުރު އަވަށްތަކާއި ޝަހަރުތައް ފަތަހަ ކުރަން ރަޝިޔާއަށް މަގު ހުޅުވުނީއެވެ. 

ކާރސްކް ސަރަހައްދު އަތުލެވުމަކީ ކާމިޔާބީއެއް ކަމަށް ޔޫކްރެއިނުން ހީކޮށްފާނެއެވެ. އެއީ ރަޝިޔާގެ ސިފައިންގެ ސަފުތައް ބައިބައި ކޮށްލެވިދާނެ ކަމުގެ އުންމީދުގައެވެ. އެކަމަކު ޔޫކްރެއިނުން ކާރސްކަށް އަރައިގަތުން ރަޝިޔާއިން ދެކޭނީ ކާމިޔާބީއެއް ކަމަށެވެ. އެއީ ޔޫކްރެއިން ސިފައިންގެ ހަމަލާތައް އިރުމަތީ ސަރަހައްދުގައި ކުރިމަތިލާން ނުޖެހޭނެތީއެވެ. ޑޮނެސްކް ސަރަހައްދުގައި މިގޮތަށް ފައިހަރުކޮށްލަން ލިބުމުން ޔޫކްރެއިން އިރުމަތީ ބިތުގެ ސަރަހައްދުތަކަށް ރަޝިޔާއިން ބޭނުންގޮތެއް ހެދުމުގެ ފުރުސަތު އެއޮތީ ލިބިފައެވެ. 

ހަނގުރާމައެއްގައި އަބަދުވެސް ބޭނުންވާނީ މުހިންމު ސަރަހައްދުތައް އެ ބައެއްގެ ބާރުގެ ދަށަށް ގެނައުމެވެ. މީސްކޮޅު މަދު ފަޅުރަށްތަކަށް އަރައިގަތުމަކީ ކާމިޔާބެއް ނޫނެވެ. އެހެންނަމަވެސް މިހާރު ޔޫކްރެއިން ސިފައިންނަށް ޑޮނެސްކް ސަރަހައްދުން ރަޝިޔާ ސިފައިން ބޭރު ކުރުމަކީ ނުކުރެވޭނެ ކަމެކެވެ. މިހާތަނަށް ޔޫކްރެއިންގެ ލަޝްކަރުތަކަށް ވަރަށް ބޮޑެތި ގެއްލުންވަނީ ލިބިފައެވެ. ފިސާރި ރަނގަޅު ޕްލޭންތަކަކާއެކުގައި މެނުވީ ކުރިއަށް އޮތް ތަނުގައި ރަޝިޔާއާއި ދެކޮޅަށް ހިފާއްޓާލުން ޔޫކްރެއިނަށް ވަރަށް އުދަނގޫ ވާނެއެވެ. 

މިލިޓްރީ ގޮތުން ބަލާއިރު ޔޫކްރެއިނުން ކާރސްކަށް އަރައިގަތުމުން ސިފައިންގެ ލަޝްކަރުތައް ބައިބައި ވެފައިވާތީ ކްލޯސްޓްވިޒިއަން އުސޫލުތަކުގެ ދަށުން ސެންޓަރ އޮފް ގްރެވިޓީއަށް ފޯކަސްކުރުމަކަށް ނުފެތެއެވެ. އަދި ޔޫކްރެއިނުން ކާރސްކް ސަރަހައްދަށް ވަދެގަތުމުން ހާސިލު ކުރެވުނު ފާހަގަކުރެވޭފަދަ ކާމިޔާއެއް ވެސް ނުމެނެތް މެއެވެ. އަދި އޭގެ ސަބަބުން ބެލެންސް އޮފަ ޕަވަރ އަށް ކުރި އެއްވެސް އަސަރެއްވެސް ނެތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް