23ދަތް ނަގައި 12އިމްޕްލާންޓް ލެއްވި މީހަކު ހާޓް އެޓެކެއް ޖެހިގެން މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

ޗައިނާގައި އެއްދުވަސް މަތިން 23 ދަތް އުފުރާ އަދި 12 އިމްޕްލާންޓް ލެއްވި މީހަކު ހާޓް އެޓެކެއް ޖެހިގެން މަރުވެއްޖެއެވެ. ހާޓް އެޓެކް ޖެހިގެން އެމީހާ   މަރުވެފައި ވަނީ ޑެންޓަލް ޕްރޮސީޖާ ހެދިތާ 13 ދުވަސްފަހުންނެވެ.

މިކަން މީޑިޔާގެ ސަމާލު ކަމަށް އައިސްފައިވަނީ ޑޮކްޓަރެއް ކަމަށްވާ، މަރުވި މީހާގެ ދަރިފުޅު ސޯޝަލް މީޑިޔާގައި ކުރި ޕޯސްޓަކަށް ފަހުއެވެ. އޭނަބުނެފައިވާ ގޮތުގައި އޮގަސްޓް 14 ވަނަ ދުވަހު އޭނާގެ ބައްޕަވަނީ ޗައިނާގެ ޔޮންގކަންގ ޑިއުވޭ ޑެންޓަލް ހޮސްޕިޓަލް ގައި ވަރަށްވެސް ވޭންދެނިވި ޑެންޓަލް ޕްރޮސީޖާއެއް ހަދާފައެވެ. މިގޮތުން އޭނާ ބުނެފައިވާ ގޮތުގައި އެއްދުވަސް މަތިން އޭނާގެ ބައްޕަގެ 23 ދަތްވަނީ އުފުރާފައެވެ. އަދި ހަމަ އެދުވަހުވަނީ 12 އިމްޕްލާންޓް ލައްވާފައެވެ.

ޕްރޮސީޖާ ހެދިތާ 13 ވަނަ ދުވަހު އޭނަޔަށް ވަނީ ހާޓް އެޓެކެއް ޖެހިފައެވެ.އަދި ފަރުވާދެމުން ދަނިކޮން ވަނީ މަރުވެފައެވެ.ޕްރޮސީޖާ ހެދި ދުވަހުން ފެށިގެން މަރުވި ދުވަހާ ހަމަޔަށްވެސް ބައްޕަ އުޅުނީ ވަރަށްވެސް ވޭނުގައި ކަމަށް ދަރިފުޅު ބުނެފައިވެއެވެ. އަނގަޔަށް ތަދުވާތީ އުޅުނު ނަމަވެސް އެހާއަވަހަށް މަރުވެދާނެކަމަށް ހީނުކުރާކަމަށް ދަރިފުޅު ބުނެފައި ވެއެވެ.އަދި ބައްޕަ މަރުވީ ބައްޕަޔަށް އާއިލާއިން ގަނެދިން އައު ކާރެއް ދުއްވާލުމުގެ ފުރުސަތުވެސް ނުލިބި ކަމަށް ދަރިފުޅު ބުނެފައި ވެއެވެ.

މިހާދިސާއަށް ފަހު ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާކަމަށް ވެއެވެ.އެކި ނޫސް ޗެނެލް ތަކުން ސުވާލުކުރަމުން ގެންދާތީ އެހޮސްޕިޓަލުން މިހާރު ބުނަނީ މައްސަލަ ވަނީ ގާނޫނީ ޓީމާ ހަވާލުކޮށްފައި ކަމުން އެއްޗެއް ނުބުނެވޭނެ ކަމުގައެވެ.

ޑެންޓަލް ޑޮކްޓަރުން ބުނާގޮތުގައި އެންމެ ގިނައިންވެސް އެއްދުވަހާ އުފުރޭނީ 10 ދަތެވެ.އަދި އެއްދުވަހާ 23 ދަތް އުފުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އެންމެންވެސް އެއްބަސް ވެއެވެ.

ސޯޝަލްމީޑިޔާގައި މިޚަބަރަށް ރިއެކްޓް ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއްފަހަރާ ދެދަތް އުފުރަންވެސް ގިނަ ޑެންޓިސްޓުން އެއްބަސް ނުވާނެއެވެ.

ޑެންޓިސްޓަކު ބުނެފައިވާ ގޮތުގައި ވަރަށް ބޮޑަށް ހެލޭދަތް މެނުވީ އޭނަވެސް އެއްފަހަރާ ތިންދަތަށް ވުރެގިނައިން ނުއުފުރައެވެ.

އެކަކު ބުނެފައިވާ ގޮތުގައި ތިޔަކޮށްފައިވަނީ ޑެންޓަލް ޕްރޮސީޖާ އެއްނޫނެވެ. ”ހިއުމަން އެކްސްޕެރިމަންޓް“ އެކެވެ.

މައުލޫމާތު: ވިއޯން ޗެނެލް 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް