މަލައިކާ އަރޯރާގެ ބައްޕަ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގެ މަޝްހޫރު ފިލްމް އެކްޓްރެސް މަލައިކާ އަރޯރާގެ ބައްޕަ އަނިލް އަރޯރާ މަރުވެއްޖެއެވެ.

ޚަބަރު ލިބޭ ގޮތުގައި އޭނާ މަރުވެފައިވަނީ އިއްޔެ މުމްބާއީގެ ބަންޑްރާގައި ހުންނަ އިމާރާތެއްގެ ހަތްވަނަ ފަންގިފިލާއިން ފުންމާލައިގެން އަމިއްލައަށެވެ. ނަމަވެސް ސުއިސައިޑް ނޯޓެއް އަދި ފެނިފައިނުވާތީ ފުލުހުން އިތުރަށް މައްސަލަ ބަލަމުން ދާކަމަށް ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

.ހާދިސާ ހިނގިއިރު މަލައިކާ ހުރީ މުމްބާއީގަ ނޫންކަމަށް ވެއެވެ ނަމަވެސް ޚަބަރުލިބުމާއެކު އައިސްފައި ވެއެވެ.

އަނިލް އަރޯރާ މަސައްކަތް ކުރީ މާޗަންޓް ނޭވީގަ ކަމަށް ވެއެވެ. މަލައިކާގެ އުމުރުން 11 އަހަރުގައި އޭނާގެ މަންމައާއި ބައްޕަވަނީ ވަރިވެފައެވެ. އެއަށްފަހު މަލައިކާއާއި ކޮއްކޮ އަމްރިތާ އަރޯރާ ބަލަމުން އައީ އެ ދެ މީހުންގެ މަންމައެވެ.

މަލައިކާގެ އުމުރުން ވަރަށް ޅައިރު ވަނީ ޓީވީ އަދި ފިލްމްގައި މަސައްކަތް ކުރަން ފަށާފައެވެ. އޭނަ އެންމެ ފަހުން ފެނިފައިވަނީ ”އެން އެކްޝަން ހީރޯ“ މިފިލްމް ގެ ”އާޕްޖައިސާ ކޯއީ“ މި ލަވައިންނެވެ. 

މަލައިކާ އިނދެގެން އުޅުނީ ސަލްމާންޚާންގެ ކޮއްކޮ އަރްބާޒް ޚާން އާއެވެ. ނަމަވެސް މި ދެ މީހުން ވެސް ވަނީ މީގެ އަހަރުތަކެއް ކުރިން ވަރިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް