ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސްޕޯޓްސް ފިޝިން ހާބަރު ތަރައްޤީ ކުރަނީ

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ 5 ސަރަހައްދެއްގައި ސްޕޯޓްސް ފިޝިންގ ހާބަރުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

 އެގޮތުން މިކަމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާއި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މިއީ ދިވެހި ޒުވާނުންގެ މެދުގައި މަޤުބޫލުވަމުން އަންނަ ޙަރަކާތެއް ކަމުގައިވާ ސްޕޯޓްސް ފިޝިންގއަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ހާބަރުތައް ތަރައްގީކުރަން ކަނޑައަޅަން ހުށަހަޅާ 5 ސަރަހައްދުގެ މަޢުލޫމާތު ވަޒީރު ފައިޞަލްއާ ޙިއްސާކުރައްވާފައެވެ. މީގެ އިތުރުން، ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްގީކޮށް ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކުރުމަށް ރައީސް މުޢިއްޒު ވަރަށް ބޮޑަށް އިސްކަން ދެއްވާކަންވެސް ވަޒީރު ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ވަޒީރު ފައިޞަލް ވިދާޅުވީ މި ޕްރޮޖެކްޓް އަވަސްކުރުމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ކޮމްޕޯނަންޓަށް ފަންނީ ބޭފުޅުންގެ އެހީތެރިކަން މަސްވެރިކަމާބެހޭ ވުޒާރާއަށް ދެއްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢަކީ މަސްވެރިކަން ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް