ޚާން ޔޫނިސްގައި އިޒްރޭލުން ހިންގި ގަތުލުއާންމު އީރާނުން ކުށްވެރިކޮށްފި

Loading

Facebook
Twitter
WhatsApp

ޚާން ޔޫނިސްގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގި ގަތުލުއާންމު އީރާނުން ކުށްވެރިކޮށްފި އެވެ.
ޚާން ޔޫނިސްގެ ތަލް މަވާސީ ޑިސްޓްރިކްޓްގައި ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ މަރުކަޒަށް އިސްރާއީލުން ދިން އަނިޔާވެރި ހަމަލާ އާއި ގެދޮރު ނެތް ފަލަސްތީނުގެ ދިހަވަރަކަށް މީހުން ޤަތުލު ކުރުން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.



ނާސިރު ކާންނާނީ ވިދާޅުވީ ފަލަސްތީނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް ރެފިއުޖީ ކޭމްޕްތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، އިޒްރޭލުން އަނެއްކާވެސް ޤާނޫނީ އަދި ބައިނަލްއަޤްވާމީ އެއްވެސް އުސޫލަކާއި، އަޚްލާޤީ އަދި އިންސާނީ އުޞޫލަކަށް ތަބާނުވާކަން އެނގިފައިވާ ކަމަށެވެ.
ހަމައެހެންމެ ފާއިތުވި އެގާރަ މަސް ދުވަހުގެ ތެރޭގައި މިފަދަ ލާއިންސާނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގާފައި ވާއިރު ސަރަހައްދީ ގައުމުތަކުގެ ސަލާމަތާއި އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާ ދެކޮޅަށް އިޒްރޭލުން އަރަމުން އަންނާތީ މިއީ ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ކަމުގެ އިންކާރު ނުކުރެވޭ މިސާލުތަކެއް ކަމަށް ކަންނާނީ ވިދާޅުވެފައި ވެއެވެ.

އެގޮތުން މިއީ ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް ކަންނާނީ ވަނީ ވިދާޅުވެފައެވެ.


ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދާފައިވާ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ހުރި ޓެންޓު ކޭމްޕަށް އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައި ވަނީ އިއްޔެ ހެނދުނުއެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ 19 މީހުން ޝަހީދުވެއެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ފަލަސްތީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދާފައިވާ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި ހުންނަ ޓެންޓް ކޭމްޕަކަށް އަންގާރަ ދުވަހުގެ ވަގުތެއްގައި ދިން މިސައިލް ހަމަލާއަށް ފަހު މިހާތަނަށް ހޯދިފައިވާ މީހުންގެ ހަށިގަނޑުތައް ހޮސްޕިޓަލްތަކަށް ގެނެސްފައިވާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް