ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުންގެ ހާއްސަ ޓީމެއް ހޮޅުދޫއަށް ގޮސް ތަހުގީގު ފަށައިފި

Loading

Facebook
Twitter
WhatsApp

ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ މިއަދު ފެނުނު ޒަކިއްޔާ މޫސާ50އ ގެ މަރާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް ގޮސް އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ޓީމު އެ ރަށަށް ގޮސްފައި ވަނީ ހަވީރުގެ ވަގުތެއްގައެވެ.

އެގޮތުން ފުލުހުން މިހާރު ދަނީ ފޮރެންސިކް ހެކި އެއްކުރަމުންނެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އެ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީންތަކަކަށެވެ. އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ. އޭނާ މަރުވެފައި އޮތް އިރު ގައިގާ ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް ކަމަށް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ބުނި ގޮތުގައި ހޮޅުދޫގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު އޮތް ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށެވެ.

މިގޮތުން މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ފުލުހުން އެތަނަށް ގޮސް އޭނާގެ ހަށިގަނޑު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް