އީރާނުން އިސްރާއީލަށް ހަމަލާ ދީފާނެ ކަމަށް ބިރުން ތިބޭއިރު އީރާނުގެ މިސައިލް ޕްރޮގްރާމް މަތިން ދުނިޔެ ހަނދާން ނެތުނީބާ!

Loading

Facebook
Twitter
WhatsApp

ސުރުޚީއަކީ އެސޯޝިޢޭޓެޑް ޕްރެސްގެ ޖޯން ގަމްބްރެލް ކޮށްފައިވާ ސުވާލެކެވެ.

ދުބާއި އިން އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުތަކަށް ބަލާއިރު ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވައުދުވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލަށް ސީދާ ހަމަލާ ދިނުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމުގެ ބޭނުން ކުރާނެ ކަމަށް ބެލެވޭ ޚަބަރު ހިމެނެއެވެ. އެކަމަކު އެ މިސައިލްތަކުން ކިހާވަރެއްގެ ގެއްލުމެއް އިސްރާއީލަށް ދެވިދާނެ ހެއްޔެވެ؟

1991 ވަނައަހަރު ގަލްފު ހަނގުރާމައިގެ ދުވަސްވަރު ސައްދާމް ހުސައިންގެ ވެރިކަމުގައި އިސްރާއީލަށް މިސައިލް ހަމަލާދިނުމަށްފަހު މިހާތަނަށް އެފަދަ ހަމަލާއެއް އިސްރާއީލަށް އަމާޒުކުރުމުގެ ހިތްވަރު ހުރި ހަމައެކަކުވެސް މިފަހަރު އީރާނުން ދިން ހަމަލާގެ ކުރިން މެދު އިރުމަތީގައި ނެތެވެ. 

އީރާނުގެ ހަމަލާގެ ގިނަ މިސައިލްތަކެއް އިސްރާއީލަށް ފޯރުމުގެ ކުރިން އެމެރިކާއާއި ބައިވެރިން ވަނީ ނައްތާލާފައެވެ. އަދި ބައެއް މިސައިލް ޖައްވުތެރޭގައި ހަލާކުވެގެން ދިޔަ ކަމަށްވެސް ޚަބަރުތަކުގައި ބުނެފައި ވެއެވެ.

އީރާނުން އެންމެ ފަހުން އުފެއްދި މިސައިލްތަކުގެ މައުލޫމާތު ލިބިފައިތިބި ބައެއް ތަޖްރިބާކާރުން އެސޯޝިއޭޓެޑް ޕްރެސް އަށް ކިޔާދީފައިވާގޮތުގައި އީރާނުގެ މިފަހަރުގެ އުފެއްދުން އަމާޒަށް ދަތުރުކުރުން އެހާ ކަށާވަރެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް