ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯގެ މަޤާމުގައި ހުންނެވި ކާލް ސްޓުމްކަ އިސްތިއުފާދެއްވައިފިއެވެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ މި މަހުގެ 8 ވަނަ އިސްތިއުފާދީފައިވާ ކަމަށެވެ.

އެހެންކަމުން ބޭންކުގެ ސީއީއޯގެ މަޤާމުގައި ކާލް ހުންނާނީ މި މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބޭންކުގެ އާންމު ޖަލްސާ، އީޖީއެމްއާ ހަމައަށް ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

މީގެ އިތުރުން ސީއީއޯގެ މަޤާމަށް ބޭފުޅަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ މުއްދަތުގައި ބޭންކު ހިންގުމުގެ ޒިންމާ އަދާކުރައްވަނީ ޑިޕިއުޓީ ސީއީއޯ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

 ހަމައެހެންމެ ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން އާ ސީއީއޯއެއް އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް