ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭ ފޭސް 1 ގެ ޕޮލިސް ސްޓޭޝަންގެ ހުޅަނގު ފަރާތު ދޮރުގެ ލައިޓް ތަޅައިލި މީހަކު ރޭ 4:15 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ހ.ހެމަވަތި ޒައިދާން މުޙައްމަދު ޒާހިރެވެ.

އޭނާއަކީ ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން އޭނާގެ ސައިކަލު ފުލުހުން ޓޯ ކުރުމުން ސައިކަލާ ހަވާލުވުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވި މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް އޭނަ ލައިގެން ހުރި ޖިންސްގެ ޖީބުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެއްލުންދިން މައްސަލައާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް