ޑޮލަރު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލަނީ، ސަމާލުވޭ!

Loading

Facebook
Twitter
WhatsApp

ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާއި އެކަމަށް ސަމާލުވާން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

 އެގޮތުން މިކަމަށް އިޝާރާތްކޮށް ފުލުހުން މިއަދު ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާއި މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅު ކަމަށެވެ.

އެހެންކަމުން ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފިއެވެ.

ފުލުހުން ބުނީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަވަނީ ބޮޑުވެފައި ކަމަށެވެ. އަދި ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ކޮމިއުނިޓީތަކުގައި މިފަދަ ސްކޭމްތައް ހިންގާ މިންވަރު އިތުރުވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބާޒާރުގައި ޑޮލަރު ވިއްކުމުގައި ގިނައިން ހަރަކާތްތެރިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށެވެ..

Loading

One Response

  1. ލައިސަންސް ދީފައި އޮންނަ ދިވެހިންވެސް ޑޮލަރު ގަނެ ވިއްކަނީ ކަޅުބާޒާރުގެ އެންމެ ބޮޑު އަގަށް. މިއީ މައްސަލައަކަށް ނުވަނީ ކީއްވެގެންކަމެއް ނޭންގޭ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް