ސިނަމާލެ ބުރިޖުގެ ޑިޒައިނަށް ރައީސް ޑރ.މުހައްމަދު މުޢިއްޒުއާއި ބުރިޖް ޙަވާލު ކުރިފަހުން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބުރިޖް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭރުގެ ހައުސިންގ މިނިސްޓަރު ޑރ.މުޢިއްޒު ވިދާޅުވީ 4 ފުރޮޅުލީ ވެހިކަލްތަކަށް ދެ ލޭނާއި މޮޓޯސައިކަލަށް ދެ ލޭނާއި ބައިސްކަލް ދުއްވާ ލޭނަކާއި ވޯކްވޭއެއް ބުރިޖުގައި ހިމެނިފައިވާ ކަމުގައެވެ.
އޭރު އެ ވިދާޅުވި ވިދާޅުވުން މިހާރު އެ ވަނީ ކެންސަލް ވެފައެވެ. ސިނަމާލެ ބުރިޖްގައި ބައިސްކަލް ދުއްވާ ލޭނާއި ވޯކްވޭއެއް ހިމެނިފައިވާ ކަމަށް ޗައިނާ ފުރެންޑްޝިޕް މޯލްޑިވްސްއާއެކު ސިއްރު ކުރެވުނު އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބުރިޖްގެ މަސައްކަތް ކުރަން އިސްވެރިއެއްގެ ގޮތުގައި ފުރަތަމަ ޙަވާލުވެ ހުންނެވީ ޑރ. މުޢިއްޒު ނޫންކަން އެ މަނިކުފާނުގެ ވާހަކަފުޅުން އެބަ އެނގިގެންދެއެވެ. މުޢިއްޒު ވިދާޅުވެފައި ވަނީ އެ މަނިކުފާނާއި ބުރިޖްގެ މަސައްކަތް ކުރަން ޙަވާލުކުރިފަހުން ބްރިޖްގެ ޑިޒައިނަށް އެއްވެސް އުނި އިތުރެއް ގެނެސްފައި ނުވާނެ ކަމުގައެވެ.
އެހެންކަމުން ބްރިޖްގެ އެއްބަސްވުމަށްފަހު އެ މަސައްކަތް ކުރައްވަން އިސްބޭފުޅެއްގެ ގޮތުގައި އޭރުގެ ރައީސް ޙަވާލު ކުރެއްވި ފަރާތުން އެ ވަނީ ބައިސްކަލް ދުއްވާ ލޭން ކާލާފައެވެ. ކަން މިހެން ހުރިނަމަވެސް ޗައިނާއެކު ވާހަކަ ދައްކަވާ ރާއްޖޭގައި ބުރިޖެއް އެޅުމުގެ ފުރުޞަތު ހޯއްދަވާ ދެއްވި ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ ވިދާޅުވާ ފަދައިންނެވެ.
ސިނަމާލެ ބުރިޖު އަޅާފައި އެ ވަނީ ދިވެހި އެންމެހައި ރައްޔިތުން ޝާމިލްވާގޮތަށް ރައްޔިތުންގެ ޓެކްސް ފައިސާއިން އަގުއަދާ ކުރާގޮތަށެވެ. އެހެން ކަމުން ބުރިޖް އަޅަން ނިންމާފައިވާ ޑިޒައިނަށް އެއްވެސް ބަދަލެއް ގެނެސްފައިވާނަމަ އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ބާރެއް ކުރާނެއެވެ. ބައިސްކަލް ދުއްވާ ލޭނެއް ހިމަނާފައި ވާކަމަށް ބުރިޖް އެޅުމުގެ އެއްބަސް ވުމުގައި ބަޔާން ކުރެވިފައިވާ އިރު އެ ލޭން ފެންނަން ނެތުމަކީ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ.
ނުކުޅެދޭމީހުންނާއި ބައިސްކަލް ދުއްވާ ފަރާތްތަކުން އިތުރު ޚަރަދެއް ކޮށްގެން މާލެއާއި ހުޅުމާލެއާއި ދެމެދު ދަތުރުކުރާނަމަ އެ ގެއްލުމާ ޒިންމާވާނެ ފަރާތެއް ބުރިޖު އެޅުވި ފަރާތުން ރައްޔިތުންނަށް ދައްކަން ޖެހެއެވެ. މީ ސިޔާސީ ކަމެއް ނޫނެވެ. ރައްޔިތުންގެ މުދަލަކުން އެއްވެސް ރައްޔިތަކު ބާކީ ވެގެން ނުވާނެއެވެ. އަދި ގެއްލުމެއްވެސް ލިބިގެން ނުވާނެއެވެ. އެހެންކަމުން ބުރިޖް އެޅުމުގެ އެއްބަސްވުން ރައްޔިތުން ކިޔާލެވޭނެ މަގެއް ތަނަވަސްކޮށް ދިނުމަށް ދުވެހި ރައްޔިތެއްގެ ހައިސިއްޔަތުން ސަރުކާރަށް ގޮވާލަމެވެ.
ސިނަމާލެ ބުރިޖް އަޅާ ނިމި ބުރިޖް ހުޅުވާ އަދި ރައްޔިތުން ބުރިޖް ބޭނުން ކުރަމުން އަންނަތާ ހައެއްކަ އަހަރު މާޒީއާއި އެކުވެ ނިމި ގޮސްފައިވާއިރު ކުއްލިއަކަށް ބުރިޖުން ލޭނެއް ގެއްލިފައިވާކަން އެނގުނީ ކާކަށް ކިހިނެއް ފެނުނު ހުވަފެނަކުން ހެއްޔެވެ. މި ހުރިހާ ދުވަސްވީއިރު އެކަން އެއްވެސް ރައްޔިތަކަށް ނޭނގުނީ ރައްޔިތުންގެ ލޮލުގައި ކޮންބާވަތެއްގެ އަނދުނެއް އަޅުވާފައި ހުރެގެން ބާވައޭ ހިތަށް އަރައެވެ. ރައްޔިތުންނަށް ބުރިޖުން ލޭނެއް ގެއްލިފައިވާނަމަ އެކަން ރައްޔިތުންނަށް އެނގެން އޮތް ހަމައެކަނި ގޮތަކީ އެ އެބަސްވުން ކިޔާލައިގެންނެވެ.
ރައްޔިތުންނަށް އެ އެއްބަސްވުން ފެންނާން އެބަޖެހެއެވެ. މިއީ ސަމަސާ ވާހަކައެއް ނޫނެވެ. ބުރިޖުން ބައިސްކަލަށް ދަތުރު ނުކުރެވުމާއި ނުކުޅެދޭ ފަރާތްތަކަށް އެމީހުން ދުއްވާ ގޮނޑި ބުރިޖުގައި ދުއްވޭނެ ގޮތެއް ނެތުމަކީ ކުޑަކަމެއް ނޫނެވެ. ކުރިންބުނި އެތި ކެންސަލް ވާނީ ބުރިޖުގެ އެއްބަސްވުމަށް އެއްވެސަ އުނިއިތުރެއް ގެނައުމަކާ ނުލާ ރައްޔިތުން އެ އެއްބަސް ވުން ފެނިގެންނެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި ހިމެނިފައި ނުވާ ލޭނެއްގެ ވާހަކަ ޑޮކްޓަރ މުޢިއްޒު އޭރު ވިދާޅުވާން ޖެހުނު ސަބަބެއްވެސް ރައްޔިތުންނަށް އެނގެން އެބަޖެހެއެވެ.
ބުރިޖު ހުޅުވަން އުޅުނުއިރު ބުރިޖުގައި އެބުނާލޭނެއް ނެތުމުން ރައީސް ޔާމީނު ނުހަނު ކޯފާވެ މުޢިއްޒަށް ބަވާލި ވާހަކަ ރައީސް މުޢިއްޒުވެސް ވިދާޅުވި ނޫންތޯއެވެ. އެހެން ކަމުން ރައީސް ޔާމީނުވެސް އެމަނިކުފާނުގެ ވާޖިބު އަދާކުރައްވާފައި ނުވާކަން ހާމަވެގެން އެބަދެއެވެ. ބުރިޖް އަޅަން އެ ހޭދަވި ދުވަސްތަކުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ހިނގާ ނުހިނގާގޮތް އެންމެފަހަރަކު ނަމަވެސް ބައްލަވާ ލެއްވިނަމަ އެ .ވިދާޅުވިލޭނާއި ބެހޭގޮތުން އިންޖިނޭރާ ސުވާލު ކުރައްވާ ކޯފާއިސްކުރައްވަން ޖެހިވަޑައި ނުގަތީސްތާއެވެ