އެކްޓިންއަކީ އަހަރެންގެ ލޭގައިވާ ކަމެއް:ކަރީނާ

Loading

Facebook
Twitter
WhatsApp

އެކްޓިންއަކީ އޭނާގެ ލޭގައިވާ ކަމެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ކަރީނާ ކަޕޫރް ޚާން 43އ ބުނެފިއެވެ.

ކަރީނާ މިހެން ބުނެފައި ވަނީ އޭނާ ލީޑުރޯލުން ފެނިގެންދާ އަދި ޕްރޮޑިއުސް ކޮށްފައިވާ ފިލްމު ”ދަ ބަކިންހަމް މާޑާސް“ ގެ ޓްރެއިލާ ލޯންޗު ކުރުމުގެ ހަރަކާތުގައި ބައިވެރިވެ ވާހަކަދައްކަމުންނެވެ.

ހެންސަލް މެހެތާ ހަދާފައިވާ މި ތުރިލާ ފިލްމުން ކަރީނާ ފެނިގެން ދާނީ ޑިޓެކްޓިވް އެއްގެ ރޯލުންނެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

 މި ފިލްމަކީ އެކްތާ ކަޕޫރާއެކު ކަރީނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މަސައްކަތް ކުރާ ފިލްމެވެ. ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ކަރީނާއާއި އެކްތާ ވަނީ ޑައިރެކްޓަރު ހެންސަލް މެހެތާއާ އެކު ފިލްމުގެ ޓްރެއިލާ ލޯންޗް ކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ.

މި ހަފްލާގައި ކަރީނާ ވަނީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއާ އެކްޓަރެއްގެ ގޮތުގައި ގުޅިފައިވާތާ ދިހަވަރަކަށް އަހަރު ވެފައިވާ ކަމަށާއި ބޮޑު ސްކްރީނުން ފެންނަން ބޭނުންވެ މުޅި އުމުރު އެކްޓް ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ”އެކްޓިން ވަނީ އަހަރެންގެ ލޭގައި. އަހަންނަކަށް އިތުރު އެއްވެސް ކަމެއް ނޭނގޭ“ ކަރީނާ ބުނެފައި ވެއެވެ.

ކަރީނާ ވަނީ ކެމެރާގެ ކުރިމަތީގައި ހުންނަން ލޯބި ކުރާ ކަމަށާއި އަބަދުވެސް އޭނާ އެކްޓު ކުރަމުން ގެންދަން ބޭނުންވާ ކަން ހާމަކޮށްފައެވެ.

މި ފިލްމަކީ ކަރީނާ އާއި އެކްތާ ކަޕޫރު އުފައްދާފައިވާ ބާލާޖީ ޓެލެފިލްމްސް ކޯ އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. އެމީހުން ކުރި ކޮންމެ ކަމެއް ވެސް އަބަދުވެސް ”ސުޕަ“ ކާމިޔާބު ކަމަށާއި އެހެންކަމުން މި ފިލްމުވެސް ކާމިޔާބު ވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އެބައޮތް ކަމަށް ކަރީނާ ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް