ޤައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިސްކުރައްވައިފިއެވެ.
އެމަނިކުފާނު ޤައުމީ ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރެއްވީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ އެކްސް މެދުވެރިކުރައްވައި، ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.
ޤައުމީ ދުވަހާ ގުޅިގެން މާދަމާ ހެނދުނު ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ޖަލްސާގައި އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.