އޮފީސް ގަޑީގައި "ޑޭޓް" ކުރުމަށް ހުއްދަދޭ ތައިލަންޑުގެ ކުންފުންޏެއް

Loading

Facebook
Twitter
WhatsApp

ތައިލަންޑުގެ މާކެޓިންގ ކުންފުންޏަކުން،އެތަނުގެ މުވައްޒަފުން އޮފީސް ގަޑީގައި ލޯބިވެރިންނާ ބައްދަލު ކުރުމަށް ދިއުމަށް ހުއްދަ ދޭކަމަށް ޚަބަރު ލިބެއެވެ.މުވައްޒަފުންގެ އާންމު ސިއްހަތު އަދި ނަފްސާނީ ދުޅަހެޔޮކަން ރަގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅުގެ ދަށުން،މިގޮތަށް ބޭރަށް ދާ މުވައްޒަފުންނަށް މުސާރަވެސް ނުކަނޑާ ކަމަށް ވެއެވެ.

ތައިލަންޑް ގެ ވައިޓްލައިން ގްރޫޕުން ޖުލައި މަހު ދޭންފެށި އައު ފުރުސަތު   ޑިސެމްބަރުގެ ނިޔަލަށް އެކުންފުނީގެ މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ. އެފަރާތުން ބުނާގޮތުގައި މުވައްޒަފުން ލޯބީގެ ގުޅުމެއްގެތެރޭގައި ތިބިނަމަ އެކަމުގެ އެދެވޭ އަސަރު ކުންފުންނަށްވެސް ކުރެއެވެ. މިގޮތުން މުވައްޒަފުން ހިތަހަމަޖެހިގެން ތިބުމުން ކުންފުނީގެ ”ޕްރޮޑަކްޓިވިޓީ“ އިތުރުވާކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ޓިންޑަރ ފަދަ ޑޭޓިންގ އެޕްތަކަށް ވަދެ ބައިވެރިން ހޯދުމަށް ކުންފުނީގެ ފަރާތުން ހިއްވަރު ދެއެވެ. އަދި ލޯބިވެރިންނާއެކު ބޭރުގައިވާ ވަގުތަށް ލާރި ނުކަނޑައެވެ.

ހެދިފައިވާ ބައެއް ރިސާޗާ ހަވާލާދީ ވައިޓްލައިންގްރޫޕްގެ މެނޭޖަރުންވެސް ބުނެފައިވާ ގޮތުގައި ލޯބިވެރިއަކު ހުންނަނަމަ އެމީހަކު ހުންނަނީ އުފަލުންނެވެ. އަދި މިހެންވުމުން މަސައްކަތުގައިވެސް މާރަގަޅަށް ބައިވެރިވެވެއެވެ.

މިޚިޔާލް ކުންފުނީގެ ވެރިންނަށް އައި ކަމަށް ވަނީ މަސައްކަތުގަ އުޅެން ޖެހޭލެއް އަވަދިނެތި ކަމުން ބައިވެރިޔަކު ހޯދަން އުޅޭނެ ވަގުތު ނުލިބޭކަމަށްބުނެ ކުރެވޭ ޝަކުވާތަކުގެ އަޑު އިވި ކަމަށް ވެއެވެ. މިހާރު ހަމަޖެއްސި އުސޫލުގެ ދަށުން ބައިވެރިޔާއާއި އެކު ބޭރަށް ދިއުމަށްޓަކާ ބައެއް ދުވަސް އަދި ބައެއްރޭތައް އޯފް ދުވަހުގެ ގޮތުގައި ހަމަޖެއްސެއެވެ. މީގެ އިތުރުން ބައިވެރިންނާއެކު މުވައްޒަފުން ކުރިޔަށް ކުރާ ޕްލޭން ތަކަށް ފައިސާދޭ އުސޫލެއްވެސް ކުންފުނިން ވަނީ ތައާރަފް ކޮށްފަ ކަމަށް ވެއެވެ.

ހުރިހާ އޮފީހަކުންވެސް އޮފީސް ގަޑީގައި މުވައްޒަފުން ބޭރަށް ދާނަމަ އެކަން ފާހަގަކޮށް ސުވާލުކޮށް، އަދި ލާރިކަންޑަންޖެހޭ ހާލަތްތަކުގައި ލާރި ކަނޑައެވެ.

(މައުލޫމާތު : ވިއޯން ޗެނަލް)  

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް